ދިވެހިރާއްޖެ
އިޢުލާން |
|
ނަމްބަރު: (IUL)257/257/2024/2 |
"ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯސް 2024" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން |
ހއ. ބާރަށު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީއާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރ އިބްރާހިމް ޝުޖާއުއާއި ގުޅިގެން މިރަށުގައި ކޭކު އެޅުމާއި ކޭކު ޑިޒައިން ކުރަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިކޯހަކީ ބައިވެރިންގެ އަތުން އެއްވެސް ފިއަކާނުލާ މުޅިން ހިލޭ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކޯހެކެވެ. އަދި މިކޯހުގައި ސްކޫލްގެ ދަރިވަރުންގެ ތެރެއިން ގްރޭޑް 5 ން މަތީގެ ދެޖިންސުގެ ދަރިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ދަންނަވަމެވެ. މިކޯސް ފެށުމަށް ހަމަޖެހިފައި ވަނީ 20 ޖަނަވަރީ 2024 ގައެވެ. އަދި މި ކޯހުގެ މުއްދަތަކީ 10 ދުވަހެވެ. މި ކޯހަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ފޯރުކޮށްދެނީ ކޯސް ހިންގާ ފަރާތުންނެވެ.
ވީމާ، މިކޯހުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބާރަށު ކައުންސިލް އިދާރާ އަށް ދުރުވެ ފޯމް ނެންގެވުމަށްފަހު ، ފޯމް ފުރިހަމަކޮށް 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން ފޯމް ހުށައެޅުމަށް ދަންނަވަމެވެ. އަދި މި ކޯހާއި ބެހޭ އިތުރު މައުލާތު ހޯދުމަށް ބޭނުންފުޅުވާނަމަ ކޮމިޓީގެ ރައީސާ އާބިދާ އަބްދުއްރަހްމާން / ފޯނު ނަންބަރު 7836117 އާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ.