ދިވެހިރާއްޖެ
މިކުންފުނީގެ 2012 ވަނަ އަހަރުގެ ހިއްސާގެ ފައިދާ 16 ޖޫން 2013 ވާ އަދީއްތަ ދުވަހުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. 2012 ވަނަ އަހަރުގެ ފައިދާއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ހިއްސާއަކަށް -/15 ރުފިޔާ އެވެ. 1981 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައިދާ ނުނަންނަގަވާ ތިއްބެވި ހިއްސާދާރުން މިއަހަރުތަކުގެ ފައިދާ ނެންގެވުމަށް އިލްތިމާސްކުރަމެވެ.
ހިއްސާގެ ފައިދާ ނެންގެވުމަށް ހިއްސާދާރަކު ވަޑައިގަންނަވާއިރު ހިއްސާގެ ސެޓްފިކެޓް އާއި އައިޑެންޓިޓީ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ، އެފަރާތަކާއި ފައިދާ ނެންގެވުމަށް ޙަވާލު ކުރެއްވި ކަމުގެ ސިޓީއާއެކު އައިޑެންޓިޓީ ކާޑު ނުވަތަ ކާޑުގެ ފޮޓޯކޮޕީ އަދި ހިއްސާގެ ސެޓްފިކެޓް ފޮނުއްވަންވާނެ އެވެ. މިގޮތުން ފައިދާ ނަންގަވަން ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ.ކާޑު ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީވެސް ގެންނަވަންވާނެއެވެ. ހިއްސާދާރަކީ ކުޑަކުއްޖެއްނަމަ އޭނާގެ ފަރާތުން ސިޓީ ފޮނުއްވާނީ އެ ކުއްޖާގެ ބެލެނިވެރިޔާއެވެ.
އަދި ދަންނަވަމެވެ. ބޭންކް އެކައުންޓަށް ހިއްސާގެ ފައިދާ ޖަމާކުރެއްވުމަށް އެދިވަޑައިގެންފައިވާ ފަރާތްތަކުގެ ހިއްސާގެ ފައިސާ، ފައިދާ ދޫކުރަން ފަށާތާ 1 މަސްދުވަހުގެ ތެރޭގައި ޖަމާކޮށް ދެވޭނެ ވާހަކަ ދަންނަވަމެވެ. ހިއްސާގެ ފައިދާ ބޭންކަށް ޖަމާ ކުރެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން މި ކުންފުނިން ދޫކުރާ "ބޭންކަށް ހިއްސާގެ ފައިދާ ޖަމާ ކުރުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު އައި.ޑީ.ކާޑު.ގެ ކޮޕީއާއެކު ހިއްސާގެ ސެޓްފިކެޓްގެ ކޮޕީ އަދި ބޭންކް އެކައުންޓް އެނގޭނެ ލިޔުމެއް މިކުންފުންޏަށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ހިއްސާގެ ފައިދާވެސް ބޭންކަށް ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
ހިއްސާގެ ފައިދާ ދޫކުރަމުން ގެންދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 8.30 ން 3.00 އަށް އެމްޓީސީސީ ހެޑް އޮފީސް، 7 ވަނަ ފަންގިފިލާ، އެމްޓީސީސީ ޓަވަރުންނެވެ.
03 ޝަޢުބާން 1434