މާފުށި ޖަލުގައި ހިންގާ ޕްރިސްކޯގެ ވިޔަފާރި ހަރަކާތްތަކުގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
- މާފުށި ޖަލުގައި ހިންގާ ޕްރިސްކޯގެ ވިޔަފާރިތަކުގެ ފައިސާ ބަލައިގަތުމާއި ރިޕޯޓްތައް ތައްޔާރުކުރުމާއި ފައިސާ ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި ފައިސާއާއި ރިޕޯޓްތައް ޕްރިސްކޯގެ އިދާރީ އޮފީހަށް ދުވަހުން ދުވަހަށް ފޮނުވުން.
- މާފުށި ޖަލުގައި ޕްރިސްކޯއިން ހިންގާ ޕްރޮޖެކްޓްސްތައް ސުޕަވައިޒްކުރުން.
- މީގެއިތުރުންވެސް ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.
ނޯޓް:
ހުޅަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭނެގޮތައް ކޮންމެ ޞަފުހާއެއްގައި ނަންބަރ ޖެއްސެވުން އެދެމެވެ.
ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން 2024 ޖަނަވަރީ 15 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ އިދާރީ އޮފީހަށް (ޕީ.އެސް.އެމް ރޭޑީއޯ ބިލްޑިންގ) ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސޮސައިޓީގެ ނަންބަރު 3026134 ނުވަތަ 9967577 އަށް ގުޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ޕްރިސްކޯގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.
ނޯޓް:
އެޕްލިކޭޝަންއާއިއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
|