ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ބަނދަރު ޕާރކުތައް ރީޑިޒައިންކުރުމަށްޓަކައި، ކައުންސިލުންދޭ ނަމޫނާއާ އެއްގޮތަށް ޕާރކުތަކުގެ ގާފޮޅުތައް އަމިއްލަތަކެތީގައި ރާނައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2024 ޖަނަވަރީ 10 ވާ ބުދަ ދުވަހުގެ 11:00ގައި މިކައުންސިލްގެ މީޓިން ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު، 2024 ޖަނަވަރީ 17 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، މަސައްކަތުގެ މުއްދަތާއި އަގު ބަޔާންކޮށް މި ކައުންސިލަށް ބީލަން/ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެވެ.
ކުރަންޖެހޭ މަސައްކަތްތައް :
1- ކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް ޕާކުތަކުގެ ލީނު ކޮންކްރީޓް އަޅައި ގާފޮޅު ރޭނުން (2 ގައު)
2- ގާފޮޅުގެ ދެ ފަރާތާއި މަތީގައި ސިމެންތިޖެހުން
3- ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް ގާފޮޅުގެ ދެ ފަރާތާއި މަތީގައި ކުލަލުން
ކުލަ ކޯޑު: C78 M0 Y70 K0
RGB (32, 204, 130)
4- ޕާކުތަކުގެ އެތެރެއަށް ވެލި އަޅާ ލެވެލްކުރުން
5- ކުރެހުމުގައި ފާހަގަކޮށްފައިވާ ސަރަހައްދަށް ވެލި އަލާ ލެވެލްކުރުން
6- ބަނދަރު ޕޭވްމަންޓްގައި ހަލާކުވެފައިހުރި ތަންތަން މަރާމާތުކުރުން
މަސައްކަތްކުރާ ސަރަހައްދު އަންގައިދޭ ޗާރޓު މި އިޢުލާނާއެކު ގެޒެޓު ކޮށްފައިވާނެއެވެ.
ބީލަން ވަޒަން ކުރުމުގައި ބެލެވޭނެ މިންގަނޑުތައް :
- މަސައްކަތުގެ އަގަށް %60 ،މަސައްކަތުގެ މުއްދަތަށް %30 ، ތަޖުރިބާއަށް 10%
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
26 ޖުމާދަލްއާޚިރާ 1445
08 ޖަނަވަރީ 2024