މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ރ.އިނގުރައިދޫ އިބްތިޙާލް މިސްކިތުގެ މަރާމާތު

1. ރ.އިނގުރައިދޫ އިބްތިޙާލް މިސްކިތުގެ މަރާމާތުކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ.

2.      މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

3.      މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

4.      މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލް އިދާރާގައެވެ.

5.      ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

6.      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                

08 ޖަނަވަރީ 2024
ހޯދާ