ދިވެހިރާއްޖެ
އިޢުލާން
ފެބުރުވަރީ 2024 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލައިކުރުން 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އަރޓްސް
1- ސެޓްފިކެޓް 1 އިން އުރުދޫ ލެންގުއޭޖް – (މާލެ)
މުއްދަތު: 7 ހަފްތާ
ޖާގަ: 30 (ޖުމްލަ)
ކޯސްހިންގާނެގޮތް:ފުލްޓައިމް
ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
2- އެޑްވާންސްޑް ސެޓްފިކެޓް އިން އެންވަޔަރަމަންޓަލް މެނޭޖްމަންޓް – (މާލެ، ލ. ގަން)
މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)
ޖާގަ: 20 (ޖުމްލަ)
ކޯސްހިންގާނެގޮތް:ފުލްޓައިމް ބްލެންޑެޑް
3- ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް – (މާލެ)
މުއްދަތު: 3 އަހަރު (6 ސެމިސްޓަރ)
ޖާގަ: 30 (ޖުމްލަ)
ކޯސްހިންގާނެގޮތް:ފުލްޓައިމް ބްލެންޑެޑް
4- މާސްޓަރ އޮފް ސައިންސް އިން ޖިއޯސްޕޭޝަލް ޓެކްނޮލޮޖީސް ފޯރ ޑިޒާސްޓަރ މެނޭޖްމަންޓް – (މާލެ)
މުއްދަތު: 1.5 އަހަރު (3 ސެމިސްޓަރ)
ޖާގަ: 15 (ޖުމްލަ)
ކޯސްހިންގާނެގޮތް:ފުލްޓައިމް
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2024 Term 1
26 ޖުމާދަލްއާޚިރާ 1445