ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ކިނބިދޫން ބަންޑާރަ ގޯތި ދޫކުރުން
ޤާނޫނު ނަމްބަރ 01/2002 ( ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު)ގެ 12 ވަނަ މާއްދާއާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ޤަވާއިދު" ގައިވާ ގޮތުގެ މަތީން، މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، އެކަމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ބަންޑާރަ ގޯއްޗަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
ދޫކުރެވޭ ގޯތިތަކާއި ބެހޭ މަޢުލޫމާތު:
1.1- ގޯތީގެ ޢަދަދު: 34
1.2- ގޯތީގެ ސައިޒް: 2000 އަކަފޫޓް
1.3- ގޯތި ދޫކުރާ ސަރަޙައްދުގެ ޗާޓް: މި އިޢުލާނާއި އެކީގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން
- ބަންޑާރަ ގޯއްޗަށް އެދޭ ފޯރމް 08 ޖެނުއަރީ 2024ން ފެށިގެން މިއިދާރާގެ ވެބްސައިޓް: kinbidhoo.gov.mv އިންނާއި، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ14 ޖެނުއަރީ 2024 ން 01 ފެބްރުއަރީ 2024 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން މެންދުރުފަހު 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
26 ޖުމާދުލްއާޚިރާ 1445ހ
08 ޖަނަވަރީ 2024
ހޯދާ