މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
- ކ.ދިއްފުށި ބާ އިންޖީނުގެ ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 08 ޖަނަވަރީ 2024 ން 16 ޖަނަވަރީ 2024 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ. އަދި ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރ: 2003/1) ގެ ދަށުން ޖަމްޢިއްޔާ ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 15 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިންގ ހޯލްގައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
08 ޖަނަވަރީ 2024
ހޯދާ