ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

ޕަބްލިކް ރިލޭޝަންސް އޮފިސަރ ( ކޮންޓްރެކްޓް )

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ޤްރޭޑް 1

ރޭންކް: އެމް. އެސް. 1

މުސާރަ

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2,000 ރުފިޔާ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

އާކައިވް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ދަޢުލަތުގެ އެކިއެކި އޮފީސްތަކާއި، މުއައްސަސާތަކުގެ ލިޔެކިޔުންތަކާއި ރެކޯޑުތަކާ ބެހޭގޮތުން އޮފީސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމާއި ޤައުމީ އަރުޝީފުން ކުރަންޖެހޭ ކަންތައްތަކުގައި ޤައުމީ އަރުޝީފުގެ ވެރިންނަށް އެހީތެރިވުން.
  • ދިރާސާ ރިޕޯޓުތައް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމަތު އެއްކުރުމާއި، ރިޕޯޓު އެކުލަވާލުން.
  • ޤައުމީ އަރުޝީފުގެ ފަރާތުން ބައިވެރިވާޏްޖެހޭ ބައްދަލުވުންތަކުގައި ބައިވެރިވުން.
  • ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފާއި އަދި އަރުޝީފު ކުރެވިފައިވާ ލިޔުންތަކާ ބެހޭގޮތުން ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް އޮފީހުގެ ފަރާތުން މަޢުލޫމާތު ދިނުން.
  • ލިޔެކިޔުންތަކާއި، ރެކޯޑުތަކުގެ އިންޑެކްސް އެކުލަވާލުމުގެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު

  •  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ރިސާރޗް އޮފިސަރ ( ކޮންޓްރެކްޓް )

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 3

މުސާރަ

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2,000 ރުފިޔާ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

އާކައިވް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ޤައުމީ އަރުޝީފުން ކުރަންޖެހޭ އަރުޝީފުގެ ދާއިރާގެ ކުރަންޖެހޭ ދިރާސާތައް ހެދުން.
  • ޑޮކިއުމެންޓް މެނޭޖްމެންޓް ޕޮލިސީއާ ގުޅޭ ދިރާސާތައް ހެދުމާ އެފަދަ ދިރާސާތަކުގެ ރިޕޯޓުތައް އެކުލަވާލުން.
  • ދިރާސާ ރިޕޯޓު ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމަތު އެއްކުރުމާއި ރިޕޯޓު އެކުލަވާލުން.
  • އަތްމަތީ ފޮތްތަކާއި، ލީފުލެޓާއި އަދި ގައިޑް ފަދަ ތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، އެފަދަ ތަކެތި އެކުލަވާލުން.
  • އެކިއެކި ދިރާސާފޮތްތައް އެކުލަވާލުން.

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ލީގަލް އޮފިސަރ ( ކޮންޓްރެކްޓް )

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ރޭންކް: CS9-2

މުސާރަ       

މަހަކު -/10,170 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3,000 ރުފިޔާ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

އާކައިވް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ޤައުމީ އަރުޝީފުގެ ޤާނޫނާއި ގަވާއިދުތަކާ ބެހޭގޮތުން ދިރާސާކޮށް ޤައުމީ އަރުޝީފުގެ ވެރިންނަށް ލަފާދިނުން.
  • ޤައުމީ އަރުޝީފުގެ ގަވާއިދުތައް އެކުލަވާލުމުގެ ފަންނީ މަސައްކަތްތައް ކުރުން.
  • ޤައުމީ އަރުޝީފުން އެކިއެކި ފަރާތްތަކާއެކު ހެދޭ އެއްބަސްވުންތައް އެކުލަވާލުމުގެ ފަންނީ މަސައްކަތްތައް ކުރުން.
  • ޤައުމީ އަރުޝީފާއި، ކަމާގުޅޭ ބޭރުގެ މުއައްސަސާތަކާ ގުޅުންބަދަހި ކުރުމުގެ މަސައްކަތްތަކުގައި ޤައުމީ އަރުޝީފުގެ ވެރިންނަށް ޤާނޫނީ ލަފާދީ، އެހީތެރިވެދިނުން.
  • ޤައުމީ އަރުޝީފުގެ ދައުރު ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކުރުމާއި ގަވާއިދާއި އުސޫލުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކޮށް ފިޔަވަޅުއެޅޭނެ އިންތިޒާމުތައް ހޯދުން.
  • ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި ޤައުމީ އަރުޝީފުގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.   

މަޤާމުގެ ޝަރުޠު

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ ( ކޮންޓްރެކްޓް )

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ޤްރޭޑް 1

ރޭންކް: އެމް.އެސް 1

މުސާރަ       

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2,000 ރުފިޔާ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

އާކައިވް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތު

  • އޮފީހުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ތަރައްޤީ ކުރުމުގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމާއި އެފަދަ މަޝްރޫޢުތަކުގެ އިދާރީ މަސައްކަތްތައް ކުރުން.
  • ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ޤާއިމު ކުރުމަށް ހިންގަންޖެހޭ ޤައުމީ މަޝްރޫޢުތަކުގެ ދިރާސާތައް ހެދުމާއި އެފަދަ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް ޑިޒައިން ކުރުމާއި ފަންޑް ހޯދުމަށް ތައްޔާރު ކުރަންޖެހޭ ޕްރޮޕޯޒަލްތައް ތައްޔާރުން.
  • ޤައުމީ އަރުޝީފުގެ އޮފީސް ތަރައްޤީ ކުރުމަށް މިހާރު ކަނޑައެޅިފައިވާ މަޝްރޫޢުތައް ހިންގުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • ސަރުކާރުން ހިންގާ ޤައުމީ އެކިއެކި މަޝްރޫޢުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން ހިންގުމަށް ސަރުކާރުން ހަވާލުކުރައްވާ ބައިތައް ހިންގުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، އެފަދަ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި، ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި ހަދަންޖެހޭ ރިޕޯޓުތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އެންމެހައި މަސައްކަތްތައް އޮފީހުގެ ވެރިންގެ އިރުޝާދުގެ ދަށުން ކުރުން.
  • އޮފީހުގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޤައުމީ އަރުޝީފުން އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ) ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު / މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރަކީ 3349373 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު / މިނިސްޓްރީ އޮފް ފިނޭންސްއަށެވެ. ވަޒީފާއަށް އެދޭ ފޯމު ޤައުމީ އަރުޝީފުން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.

24 މާރިޗު 2015
ހޯދާ