މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
01 ( އެކެއް )
|
މަޤާމް ގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އެމް. އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ލެބޯޓްރީ
|
މުސާރަ:
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
ސަޕޯރޓިންގ ކޯ އެލަވަންސް:
|
-/700 ރުފިޔާ
|
ރިސްކް އެލަވަންސް:
|
-/75 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 1964/-( މުސާރައިގެ 35%)
|
އިތުރު އިނާޔަތްތައް
|
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ލެބް އެޗްއޯޑީއާއި ޑިޕާޓްމަންޓްގެ މުވައްޒަފުންނާއި، ބަލިމީހުންނާއި، އަދި ބޭރުގެ ސްޓޭކްހޯލްޑަރުންނާ ދެމެދު ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން އަދި ލެބޯރަޓަރީ ޑިޕާޓްމެންޓްގެ ހެޑްގެ ލަފާގެދަށުން ލިބޭ މެއިލްތަކާއި، ސިޓީތައް އަދި ލިޔެކިއުންތަކަށް ޖަވާބުދާރީވުން
- ލެބޯރަޓަރީ ޑިޕާޓްމެންޓްގެ މީޓިންތަކާއި ލެބޯރަޓަރީ ޑިޕާޓްމެންޓްއިން އިންތިޒާމް ކޮށްގެން ބާއްވާ މީޓިންތަކުގެ ޔައުމިއްޔާ ލިޔުމާއި އެޓެންޑެންސް ބެލެހެއްޓުން
- ލެބޯރަޓަރީ ޓެކްނޮލޮޖިސްޓުން، ފްލެބޮޓޮމިސްޓުން އަދި އެޓެންޑެންޓުންގެ ކަންތައް ބެލެހެއްޓުމާއި ކޮންޓެކްޓް އިންފޮމޭޝަން ބަރާބަރަށް އަޕްޑޭޓް ކުރުން
- ސްޓާފުންގެ ރެޖިސްޓްރޭޝަން، ލައިސެންސް އަދި ވެކްސިންތަކުގެ ސްޓޭޓަސް ބެލެހެއްޓުމާއި، ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ މުއްދަތު ހަމަވުމުގެ ކުރިން އައު ކުރަން ސްޓާފުންނަށް އެންގުން
- ޑިއުޓީ ރޯސްޓާރ ކޮންމެ ހުކުރު ދުވަހެއްގެ ކުރިން ހެދުން
- ޑިއުޓީ ރޯސްޓާރގެ ޑިއުޓީތައް ސޮފްޓްވެއާ އަށް އެޅުން
- ލިޔެކިޔުންތައް ފައިލް ކުރުމާއި ފައިލްކޮށް ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުން އަދި ސިސްޓަމުން އިލެކްޓްރޯނިކް ފައިލިންގ ސިސްޓަމް މެއިންޓެއިން ކުރުން
- ޑިޕާޓްމެންޓުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި ފޮނުވުމުގައި އެހީތެރިވުމާއި، ރިޕޯޓުތައް ފޮނުވަންޖެހޭ ޑިޕާޓްމެންޓްތަކަށް ފޮނުވުން
- ލެބޯރަޓަރީގެ މެނުއަލްތަކާއި ޕްރޮސެސް ފްލޯތައް، ޕްރޮސީޖަރތައް، އަދި އެސްއޯޕީތައް ލެބޯރަޓަރީ ޓެކްނޮލޮޖިސްޓުން އަދި ލެބޯރަޓަރީ ހެޑް ގެ ލަފާގެ މަތިން ތައްޔާރުކުރުން
- ޑިޕާޓްމެންޓްގެ ފަރާތުން ޓްރެއިނިންތަކާއި ސެމިނާރތައް އަދި ވޯކްޝޮޕްތަކުގައި ބައިވެރިވާ ސްޓާފުންގެ މައުލޫމާތުތައް އަޕްޑޭޓްކުރުމާއި ބެލެހެއްޓުން
- އިވެންޓްތައް ހިންގުމުގައި އެހެން ޑިޕާޓްމެންޓްތަކާއި ގުޅިގެން އިވެންޓްގެ ކަންތައް އިންތިޒާމުކޮށް ހަމަޖެއްސުން
- ޑިޕާޓްމަންޓްތަކުގެ ހަރަދާއި، ބަޖެޓާއި، މާލީ މުއާމަލާތްތަކުގެ ރެކޯޑް ބެލެހެއްޓުން އަދި ލެބޯރަޓަރީ ޑިޕާޓްމެންޓްގެ ބަޖެޓް ތައްޔާރުކުރުމާއި ޓްރެކްކުރުމުގައި އެހީތެރިވުން
- ލެބޯރަޓަރީ ޑިޕާރޓަމެންޓްގެ ޕަރޗޭސް ރިކުއިޒިޝަން ތައްޔާރުކުރުމާއި ސަޕްލައި އިންވެންޓްރީ މޮނިޓަރކުރުން.
- ލެބޯރަޓަރީ ޑިޕާރޓްމަންޓުގެ ސާމާނާއި، ރިއޭޖެންޓްތަކާއި، އިކުއިޕްމަންޓްތަކުގެ އިންވެންޓްރީ ބެލެހެއްޓުން، ބޭނުންވާ ގޮތަށް ސްޓޮކް ރިޕްލިނިޝްމަންޓަށް އޯޑަރު ދިނުން، އެކަށީގެންވާ ސަޕްލައި ލެވެލްއެއް ކަށަވަރުކުރުން، ސްޓޮކް މުއްދަތު ހަމަވާ ތާރީޚުތައް މޮނިޓަރކޮށް، ބޭނުންވާ ގޮތަށް ނައްތާލުން މެނޭޖްކުރުން.
- ލެބޯރަޓަރީގެ ކައުންޓަރގައި ރިޕޯޓް ދޫކުރުމާއި ކައުންޓަރު މެނޭޖްކުރުމުގައި އެހީތެރިވުން
- ބަލިމީހުންގެ ސުވާލުތަކަށް ޖަވާބު ދިނުން
- ލެބޯރަޓަރީ ޑިޕާޓްމެންޓްގެ ހެޑްގެ ލަފާގެ ދަށުން ލެބޯރަޓަރީ ޑިޕާޓްމެންޓްގެ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވުން
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން
|
މަޤާމުގެ ޝަރުތު
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
ތަޢުލީމީ ރޮނގުތައް
އެޑްމިނިސްޓްރޭޝަން
ބިޒްނަސް މެނޭޖްމަންޓް
މެނޭޖްމެންޓް
ބިޒްނަސް އެޑްމިނިސްޓްރޭޝަން
އިންފޮމޭޝަންސް ޓެކްނޮލޮޖީ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖަނަވަރީ 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|