ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އޮފިސަރ

ވަޒީފާގެ ދާއިރާ:

ސްޓެލްކޯ ބިއުރޯ

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން  އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުނ

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ބޯޑުގެ އެންމެހާ އިދާރީ މަސައްކަތް ކޮމްޕެނީ ސެކެޓްރީގެ އިރުޝާދުގެ ދަށުން ނިންމާ ފައިލްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ބޯޑުގެ އެންމެހާ ބައްދަލުވުންތައް ކޮމްޕެނީ ސެކެޓްރީގެ އިރުޝާދުގެ ދަށުން ހަމަޖައްސާ، ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ފައިލްކުރުން.
  • ބޯޑު މެމްބަރުންގެ ރަސްމީ ދަތުރުތަކާއި ގުޅޭ އެންމެހާ އިންތިޒާމްތަކާއި، އަދި ބޯޑު މެމްބަރުންނާއި ގުޅޭ އެހެނިހެން އިދާރީ ކަންކަން، ކޮމްޕެނީ ސެކެޓްރީގެ އިރުޝާދުގެ ދަށުން ހަމަޖެއްސުން.
  • މެނޭޖިންގ ޑިރެކްޓަރ / ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ ހުއްދަ ހޯދުމަށާއި ސޮއި ކުރެއްވުމަށް ނުވަތަ ބެއްލެވުމަށް ޑިޕާޓްމަންޓްތަކުން ގެންނަ ލިޔެކިޔުންތައް އެބޭފުޅުން ބެއްލެވުމަށް ފަހު ނުވަތަ ސޮއި ކުރެއްވުމަށް ފަހު ލިޔެކިއުންތަކުގައި ބެއްލެވިކަމުގެ ތައްގަނޑުޖަހައި ކަނޑައެޅިފައިވާ ޑިޕާރޓްމަންޓްތަކަށް ޙަވާލުކުރުމުގެ މަސައްކަތްކުރުން.
  • އިސްވެރިންނަށާއި ޑިޕާޓްމަންޓަށް ބޭނުންވާ ސްޓޭޝަނަރީސް އަދި އެހެނިހެން ރިކުއެސްޓްތައް ޕްރޮސެސްކުރުމާއެކެ ޑިޕާޓްމަންޓުގެ ސްޓޮކް ބެލެހެއްޓުން.
  • މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ ބައްދަލުވުންތައް ހަމަޖައްސާ، ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ފައިލްކުރުން.
  • މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ ބައްދަލުވުންތައް ހަމަޖައްސާ، ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ފައިލްކުރުން.
  • ދުވަހުން ދުވަހަށް ޑިޕާޓްމަންޓަށް އަންނަ ސިޓީ، މެމޯ އާއި އީ-މެއިލްތަކަށް ހަވާލުވެ ހުންނަވާ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޖަވާބުދިނުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

09 ޖަނަވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 09 ޖަނަވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

25 ޖުމާދަލްއާޙިރާ 1445

07 ޖަނަވަރީ 2024

07 ޖަނަވަރީ 2024
ހޯދާ