ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ އިތުރު ކޯސްތަކަށް އިޢުލާން ކުުރުން

އިޢުލާން

 

 

ފެބުރުވަރީ 2024 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލައިކުރުން 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

ފެކަލްޓީ އޮފް އެޑިޔުކޭޝަން

 

1-     ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އިސްލާމް، ޤުރުއާން) – (ހދ. ކުޅުދުއްފުށި،)   

މުއްދަތު: 4 އަހަރު (8 ސެމިސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސްހިންގާނެގޮތް:ފުލްޓައިމް

 

2-     އެޑްވާންސްޑް ސެޓްފިކެޓް އިން އެޑިޔުކޭޝަން – (ހދ. ކުޅުދުއްފުށި،)   

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސްހިންގާނެގޮތް:ފުލްޓައިމް

 

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:

Application announcement 2024 Term 1

 

25 ޖުމާދަލްއާޚިރާ 1445

07 ޖަނަވަރީ 2024
ހޯދާ