މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
'އެންވަޔަރަންމަންޓް އިމްޕެކްޓް އެސަސްމަންޓް' ރިޕޯޓު ތައްޔާރުކުރުމާ ބެހޭ

ތިރީގައިވާ މަޝްރޫޢުތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ.

  • ށ. ފޮނަދޫ މަގު ހެދުން
  • ރ. އުނގޫފާރު މަގު ހެދުން
  • ރ. މީދޫ މަގު ހެދުން
  • ބ. އޭދަފުށި މަގު ހެދުން
  • އދ. މަހިބަދޫ މަގު ހެދުން
  • ތ. މަޑިފުށި ޝޯ ޕްރޮޓެކްޝަން
  • ތ. ގުރައިދޫ ޝޯ ޕްރޮޓެކްޝަން
  • ހއ. ތުރާކުނު ހާބަރު
  • ޅ. ނައިފަރު ބޭރު ތޮށި ހެދުން

މި މަސައްކަތާ ގުޅޭ މަޢުލޫމާތު މި މިނިސްޓްރީގެ ސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ފޯނު ނުވަތަ މެއިލް މެދުވެރިކޮށް ސާފުކުރެއްވޭނެ ކަމުގައި ދަންނަވަމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންޖިނިއަރިންގ ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004163     ފެކްސް:3004301

އީ-މެއިލް

26 މާރިޗު 2015
ހޯދާ