ދިވެހިރާއްޖެ
23 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންއާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ޤާއިމުކުރުމަށް ގަވާއިދު ނަންބަރު: 2022/R-62 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) ގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެއެވެ.
އެހެންކަމުން، އާންމު މެންބަރުންގެ ތެރެއިން ޝަކުވާބާލާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ފޯމު:https://forms.gle/eHoQE7YQqxeKkya56 މެދުވެރިކޮށް، 10 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބާ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.