ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުގައި ކެފޭއެއް ޓަކްޝޮޕަކާއި އެކު ޑިޒައިން ކޮށް، އަމިއްލަތަކެތީގައި އިމާރާތްކުރުމާއި އެކު ތަން ހިންގާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-PRO/IUL/2024/001

މާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުގައި ކެފޭއެއް ޓަކްޝޮޕަކާއި އެކު ޑިޒައިން ކޮށް، އަމިއްލަތަކެތީގައި އިމާރާތްކުރުމާއި އެކު ތަން ހިންގާނެ ފަރާތެއް ހޯދުމަށް

މާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުގައި ކެފޭއެއް ޓަކްޝޮޕަކާއި އެކު ޑިޒައިން ކޮށް، އަމިއްލަތަކެތީގައި އިމާރާތްކުރުމާއި އެކު ތަން ހިންގާނެ ފަރާތެއް ހޯދުމަށް މިކޯޕަރޭޝަނުން ކުރެވުނު އިއުލާން ނަމްބަރު  WAMCO-PRO/IUL/2023/141 އަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީވެ އަލުން އިއުލާން ކުރަމެވެ.

މާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުގައި ކެފޭއެއް ޓަކްޝޮޕަކާއި އެކު ޑިޒައިން ކޮށް، އަމިއްލަތަކެތީގައި އިމާރާތްކުރުމާއި އެކު ތަން ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި ކޯޕަރޭޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

އަދި ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

ތަފްސީލް

ދުވަސް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

08 ޖަނަވަރީ 2024 (ހޯމަ)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

ބީލަން ހުށަހެޅުން

11 ޖަނަވަރީ 2024 (ބުރާސްފަތި)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

 

 

 

 

 

 

11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބައިންޑްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. 

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804  ފެކްސް ނަންބަރު:  3000584 

[email protected]

[email protected]

04 ޖަނަވަރީ 2024

04 ޖަނަވަރީ 2024
ހޯދާ