ދިވެހިރާއްޖެ
(IUL)38-BB/38/2024/9 :ނަންބަރު
އިޢުލާން |
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރ (އީ.އެކްސް 1) ހޯދުމަށް |
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ 90 (ނުވަދިހަ) ޓްރޭނަރުން ހޯދުމަށް ބޭނުންވެއެވެ. އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް 2024 ފެބުރުވަރީ 16 އިން 2024 ފެބުރުވަރީ 23 އަށް ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށް ގެންދެވޭނެއެވެ. ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީ.އޯ.ޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ މި ކޮމިޝަނުންނެވެ. އޮފިޝަލުން ތަމްރީނުކުރުން ކުރިއަށް ގެންދާނެ މުއްދަތު: އަތޮޅުތެރޭގައި: 2024 ފެބުރުވަރީ 24 އިން 2024 މާރިޗު 5 އަށް މާލޭގައި: 2024 ފެބުރުވަރީ 24 އިން 2024 މާރިޗު 9 އަށް އުޖޫރަ: ތަމްރީނުކުރުމުގައި މާލޭގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/800 ރުފިޔާ (އަށް ސަތޭކަ ރުފިޔާ) ތަމްރީނުކުރުމުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/1000 ރުފިޔާ (އެއްހާސް ރުފިޔާ) ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިންގ ދީ ނިމުމުން -/1400 ރުފިޔާ (އެއްހާސް ހަތަރުސަތޭކަ) ދެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖަނަވަރީ 21 ވާ އާދިއްތަ ދުވަހުގެ 15:00ގެ ކުރިން މި ކޮމިޝަނަށް "ޓްރެއިނަރުންގެ އެޕްލިކޭޝަން ފޯމް – "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024" ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލު ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުނގަންނާ ދިނުމުގެ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު |
|
މަސްއޫލިއްޔަތު |
|