ދިވެހިރާއްޖެ
ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ އަހަރީފީ ދެއްކުމުގެ މުއްދަތު ހިނގަމުންދާ މާރިޗު މަހުގެ ނިޔަލަށް ހަމަވުން
ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 11ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކޮމިޝަނަށް ދައްކަންޖެހޭ އަހަރީފީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ނިޔަލަށް ދައްކަންވާނެއެވެ. ވުމާއެކު، ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކުން ހިނގަމުންމިދާ މާރިޗު މަހުގެ ނިޔަލަށް 2015ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މި މުއްދަތު ފާއިތުވުމަށްފަހު އަހަރީ ފީގެ ފައިސާ ދައްކާ ތާރީޚާ ހަމައަށް ފައިތުވާ ކޮންމެ ދުވަހަކަށް -/2000 (ދެހާސް)ރުފިޔާގެ ޖޫރިމަނާއެއް އަރާނެއެވެ.
އަދި ދަންނަވަމެވެ. ކޮމިޝަންގެ ނަންބަރު IUL)427-LCM/1/2014/57)ފ(08 އޮކްޓޫބަރު 2014)ގައިވާ ގޮތުގެ މަތީން 2013ވަނަ އަހަރާއި 2014ވަނަ އަހަރުގެ އަހަރީ ފީ ދެއްކުން ލަސްވުމުން ވާ ޖޫރިމަނާ ފައިސާ 31 މާރިޗު 2015ގެ ނިޔަލަށް ދެއްކުމަށް ފުރުޞަތު ވާނީ ދީފައެވެ. ވީމާ، މި ޖޫރިމަނާ ފައިސާ މި ތާރީޚުގެ ނިޔަލަށް ދައްކާފައިނުވާނަމަ ގަވާއިދުގައިވާ ގޮތުގެ މަތީން އެ ފައިސާ ހޯދުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭނެކަންވެސް އަންގަމެވެ.
04 ޖުމާދަލްއާޚިރާ 1436