އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

  ނަންބަރ: ASND/GA/IUL/2024/1


މި ކުންފުނީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެއިތުރުން މިކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ. 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް ހަމަޖެހިފައިވާ ސުންގަޑި ހަމަވާއިރު، މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ، މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރެވޭނެއެވެ.

18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

04 ޖަނަވަރީ 2024

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483      

 

04 ޖަނަވަރީ 2024
ހޯދާ