މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ މަސްމާރުކޭޓު ފިހާރަ ކުއްޔަށް ދޫކުރުން

މ.މަޑުއްވަރީ މަސްމާރުކޭޓު ފިހާރަ ކުއްޔަށް ދޫކުރުން

މ. މަޑުއްވަރީ މަސްމާރުކޭޓު ފިހާރަ ކުރިޔަށްއޮތް 5 ފަސްއަހަރަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL/2015/19/ފ369 (03 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން މަސްމާރުކޭޓް ފިހާރަ ކުއްޔަށް ހިފަން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

މ.މަޑުއްވަރީ މަސްމާރުކޭޓް ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 08 އެޕްރީލް 2015 ވާ ބުދަދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން މިއިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރުގައި އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގެއާއި، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ކޮޕީ ނޫނީ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މާކްސް ދިނުމުގައި އަންދާސީހިސާބުތައް އިވުލުއޭޓް ކުރާ ކޮމިޓީން ބަލާނެ މިންގަނޑު

  • ހުށަހެޅިފައިވާ އަގު.
  • މާލީ ޤާބިލުކަން.
  • ފަންނީ ގޮތުން ޤާބިލުކަން ހުރި މިންވަރު.
  • ތަޖުރިބާ.                                           

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

03 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ