ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު : (IUL)ASMH-Procure/ASMH/2024/01

 

އިޢުލާން

ހޮސްޕިޓަލުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

 

ހޮސްޕިޓަލުގެ އެމްބިއުލާންސްއަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)ASMH-Procure/ASMH/2023/109 ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން  ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 04 ޖެނުއަރީ 2024 އިން 09 ޖެނުއަރީ 2024 ވަނަދުވަހުގެ 14:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ރަސްމީގަޑީގައި ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 09 ޖެނުއަރީ 2024، މެންދުރު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި  6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބް ހުށަހެޅުން:  16 ޖެނުއަރީ 2024، 14:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

04 ޖަނަވަރީ 2024
ހޯދާ