މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ޔޫ.ޕީ.އެސް ސިސްޓަމް ގަތުމަށް

ޔޫ.ޕީ.އެސް ސިސްޓަމް ގަތުމަށް

 

އަންދާސީހިސާބު ބޭނުންވެއްޖެ

         މިސަރވިސްގެ އޮބްސަރވެޓަރީ އަށް 20KVA UPS ޔޫޕީއެސް ސިސްޓަމެއް ގަތުމަށް ބޭނުން ވެއްޖެއެވެ.

          ވީމާ، މިޔޫޕީއެސް ގަނެ މިސަރވިސްއަށް ރައްދުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 17 ވާ ބުދަ ދުވަހުގެ މެންދުރު 1:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ބީލަން ހުށައެޅުއްވުންއެދެމެވެ. ގަޑިޖެހުމަށްފަހު ހުށަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވަން ހަމަޖެހިފައިވަނީ ވެސް ހަމައެދުވަހު (2024 ޖަނަވަރީ 17 ވާ ބުދަ ދުވަހު) ހެނދުނު 1:00 ގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ  ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

       މި އިޢުލާނާގުޅޭ ޓީ.އޯ.އާރު މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

04 ޖަނަވަރީ 2024
ހޯދާ