މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މިރަށު މިސްކިތްތަކަށް އިމާމުންނާއި މުދިމުން ބޭނުންވެއްޖެ.

އިޢުލާން

 

ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މިރަށު މިސްކިތްތަކަށް އިމާމުންނާއި މުދިމުން ބޭނުންވެއްޖެ.

ތިރީގައި މިދަންނަވާ މަޤާމަށް ވޭޖް (އެމްޕްލޯއި މަންޓް) ގެ ދަށުން މަސައްކަތް ކޮށްދޭނެ މީހުން ބޭނުން ވެޖެއެވެ.

މަޤާމް:

މުދިމު/ އިމާމު  

ބޭނުންވާ ޢަދަދު:

04 (ހަތަރެއް)

މަޤާމްގެ ގިންތި

ވަގުތީ (ވޭޖް އެމްޕްލޯއި މަންޓް)

މަޤާމުގެ މުއްދަތު:

1 އަހަރު

ސްކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މުލަކަތޮޅު މުލީ ކައުންސިލް އިދަރާ (މިސްކިތްތައް)

މުސާރަ:

މުދިމެއް ނަމަ 53.00 (ފަންސާސް ތިން ރުފިޔާ) ކޮންމެ ނަމާދު ގަޑިއަކަށް

އިމާމެއް ނަމަ 61.00 (ފަސްދޮޅަސް އެއްރުފިޔާ) ކޮންމެ ނަމާދު ގަޑިއަކަށް

ސާރވިސް އެލަވަންސް

--

އެހެނިހެން އެލަވަންސް:

ވޭޖު އެމްޕުލޯއި މެންޓުގެ ދަށުން  ނަންގަވާ މުވައްޒަފުންނަށް މަސައްކަތް ކުރާ ގަޑިއަކަށް ކަނޑަ އެޅިފައިވާ ރޭޓްގެ އިތުރު އެއްވެސް އެލަވަންސް އެއް ނުލިބޭނެ އެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔާތު ތަކާއި ވާޖިބުތައް:

  1. އިދާރާއިން ޙަވާލު ކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު ކޮންމެ ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތައްގޮސް މިސްކިތްތަކުގެ ކަންތައްތައް ބަލާ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން .
  2. މިސްކިތުގެ ސައުންޑު ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެޖެނަމަ އެކަން އޮފީހަށް އަންގައިގެން ހައްލުކުރުމަށް މަސައްކަތް ކުރުން.
  3. މިސްކިތުގެ ސާފުތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލާ ސްޕަވައިޒްކޮށް ދިމާވާ މައްލަތައް ކަމާބެހޭ ފަރާތަކާ ގުޅައިގެން ހަލއްލު ކުކރުމަށް މަސަކަތް ކުރުން.
  4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯ ބަލާ އިދާރާ އަށް އަންގައި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރުން.
  5. މިސްކިތުގައި ނަމާދު ކުރާމީހުންނަށް ރަނގަޅު މާހައުލެއް ޤާއިމް ކުރުމަށް ކަމާބެހޭ ފަރާތަށް ހުށަހަޅައިގެން މަސައްކަތް ކުރުން.
  6.   

މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ  ދީނީ ފްރޮގްރާމްތައް ހިންގާނަމަ އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން

  1. އޮފީހުން އަންގައިފި ހިނދެއްގައި ކޭތަނަމާދާއި ޢީދު ނަމާދާއި، ހުކުރު ނަމާދު އަދި ތަރީވީޙް ނަމާދާއި ކަށުނަމާދު އިމާމުވެ ކުރުން
  2. މިސްކިތްތަކާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހާ އެ ޝަކުވާތައް އޮފީހަށް ހުށަހަޅައިގެން ހައްލު ކުރުމަށް މަސައްކަތް ކުރުން

 

މަޤާމުގެ ޝަރުތުތައް:

-                   ނަމާދު ކުރަންއެނގޭ އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުން

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް  އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި ހިމެނޭގޮތަށް).

03.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ކޮޕީ (މުއްދަތު ހަމަވެފައިވީ ނަމަވެސް)

4. ލިބިފައިވަ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމް
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތު ހުނަރުވެރިކަމާއި ޤާބިލްކަން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަނީ 2024 ޖަނަވަރީ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑަ އަޅައިފިނަމަ އެ ކަނޑައެޅި ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެ އެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ  A2ޝީޓް ޢާއްމު ކުރުން:

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭ ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި ޢާއްމު ކުރެވޭނެއެވެ.  ވަޒީފާއަށް ކުރިމަތި ލީ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ އޮތްތަނަމަ A2 ޝީޓް ޢާއްމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާ އަށް ހުށަހަޅަން ވާނެއެވެ.

އިންޓަވިއު އޮންނަ ތަނާއިމުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2024 ޖަނަވަރީ 14 އާއި 18 އާއި ދެމެދު މ. މުލީ ކައުންސިލް އިދާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒިފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ކައުންސިލް އިދާރާ ހުޅުވާފައި ހުންނަ ރަސްމީ ގަޑިގައި 6720508 އަށެވެ.

           

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

04 ޖަނަވަރީ 2024
ހޯދާ