ދިވެހިރާއްޖެ
އިޢުލާން
ގުރުނެގުން:
މިއިދާރާގެ ނަމްބަރ (IUL)365-ESMS/2023/72 (25 ޑިސެމްބަރ 2023) ރަށުގެ އިރު އުތުރު ސަރަހައްދުން ދަނޑުބިން އަދި ފާމިންއަށް ބިން ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ޕޮއިންޓް ލިބިފައިވާގޮތުގެ ޝީޓް ތިރީގައި އެވަނީއެވެ.
އެގޮތުން ބިންތައްދޫކުރުމަށް ގުރުނެގުން 2024 ޖަނަވަރީ 08 ވަނަ ދުވަހުގެ 10:00 ގައި މުލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ. ގުރުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 02 ބުރަކަށް ބަހައިލައިގެންނެވެ. އެގޮތުން ފުރަތަމަ ގުރުނެގުން ހަމަޖެހިފައިވަނީ މިހާރުވެސް މުލީގައި ރަޖިސްޓްރީވެގެން ދަނޑުވެރިކަން ކުރާފަރާތްތަކުގެ މެދުގައެވެ. 02 ދެވަނަ ބުރުގެ ގުރުނެގުން ހަމަޖެހިފައިވަނީ (އަލަށް މުލީގައި ފާމިން އަދި ދަނޑުވެރިކަން ކުރުމަށް ހޮވިފައިވާ ފަރާތްތަކަށް) 2024 ޖަނަވަރީ 09 ވަނަ ދުވަހު 11:00 ގައި މުލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އެންމެ މަތިން ޕޮއިންޓް ލިބެގެން ބިންތައް ލިބުނު ފަރާތްތަކަށް ގުރުގައި ބައިވެރިވުމަށް ކައުންސިލުން އަންގާނެވާހަކަ ދެންނެވީމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.