އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާގަލާ ލޯންޗު ނީލަމުގައި ވިއްކާލުން

އިޢުލާން

އާގަލާ ލޯންޗު ނީލަމުގައި ވިއްކާލުން

ތިރީގައި މިދަންނަވާ ލޯންޗު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ބާވަތް

ރަޖިސްޓަރީނަންބަރު

ނީލަންފެށޭ

އިތުރުކުރެވޭ އަގު

ކަންޑިޝަން

ލޯންޗު

G5634A-02(02-S)

20000.00

3000.00

އިންޖީނުގެ ބައިތައް ހަލާކުވެ، ލޯންޗުގެ ބޮޑީން ލޯވަޅުހެދި އެތެރޭގެ ސާމާނު ނެތް

ވީމާ ލޯންޗު ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖޫން 2013 ދުވަހުން ފެށިގެން ސަރުކާރު ބަންދުދުވަސްތައް ފިޔަވައި  ކޮންމެދުވަހަކު ހެނދުނު 9:00އިން މެންދުރުފަހު 15:00އާދެމެދު މިއިދާރާއަށް އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ކޮންމެދުވަހަކުވެސް އެދުވަހެއްގެ 14:00 އާ ހަމައަށް ހުށަހެޅޭ އަގުތައް އެދުވަހެއްގެ އޮފީސް ބަންދުވުމުގެކުރިން މިއިދާރާގެ ނޯޓިސްބޯޑުގައި ހުންނާނެއެވެ. މިގޮތުން ހުށަހަޅާ އެންމެމަތީއަގު ޖެހިޖެހިގެން (ބަންދުދުވަސް ނުހިމަނައި )  2 (ދޭއް ) ދުވަސްވަންދެން ބަދަލެއް ނައިސް އޮވެއްޖެނަމަ، އަދި އެއަގަކީ އެކަށީގެންވާ އަގެއްކަމުގައި ވަނީނަމަ އެއަގުހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ.

މިނީލަމުގައިވާ ލޯންޗު ގަތުމަށް އަގުހުށަހަޅުއްވާއިރު އެފަރާތެއްގެ ނަމާއި،އެޑްރެސް ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ނަންބަރާއި ގުޅޭނެ ފޯނު/ މޮބައިލްނަންބަރު ބަޔާންކޮށް ސިޓީއަކުން އަގުހުށަހެޅުއްވުން އެދެމެވެ. މިލޯންޗު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 17 ޖޫން 2013 އަދި 18 މިދެދުވަހުގެ 10:00އަށް މިއިދާރާއަށް ވަޑައިގަތުމުން ލޯންޗު ބެއްލެވޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ.

 3  ޝަޢުބާން 1434  

12 ޖޫން 2013
ހޯދާ