އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ކޭސް މެނޭޖްމަންޓް އެންޑް ކޮންޓްރެކްޓިންގ(އެމްޕެނަލްމެންޓް)

އިޢުލާން ނަންބަރު:  ASND-HCM-IUL-2024-01

މަޤާމް: ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: ކޭސް މެނޭޖްމަންޓް އެންޑް ކޮންޓްރެކްޓިންގ(އެމްޕެނަލްމެންޓް)

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. ނާރސިންގ ދާއިރާއިން ނުވަތަ ސިިއްޚީދާއިރާއާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން 1 (އެއް) އަހަރުދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  2. ނާރސިންގ ދާއިރާއިން ނުވަތަ ސިިއްޚީދާއިރާއާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން 2 (ދެ) އަހަރުދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:        

  1. ލޯކަލް އަދި އޯވަސީސް އެމްޕެނަލްމެންޓާ ގުޅުންހުރި އިދާރީ މަސައްކަތްތައް ކުރުން.
  2. ޚިދުމަތް ދިނުމުގައި ބޭނުންކުރާ ލިސްޓްތައް (މެޑިސިން ލިސްޓް އަދި ސަރވިސް ލިސްޓް) ބެލެހެއްޓުން.
  3. ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ފާރމަސީތަކުން ދޭ ޚިދުމަތްތައް ބަލައި އިންސްޕެކްޝަންކުރުމާއި އެއާގުޅޭ ރިޕޯޓް ތައްޔާރު ކުރުން.
  4. ސާރވިސްތަކުގެ އަގުތައް ޑިޕާޓްމަންޓް މުވައްޒަފުންނާއި އެކީ މަޝްވަރާކޮށް ކޮމެޓީއަށް ހުށައެޅުން.
  5. ކަމާބެހޭ އިދާރާތަކާއި، ސާރވިސް ޕްރޮވައިޑަރސްގެ ޝަކުވާތައް ބަލައިގަތުމާއި އަދި ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.
  6. ސެކްޝަންގެ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކޮށް ޑިސްޕެޗް ކުރުމާއި، ލިޔެކިޔުންތަކާއި ގުޅޭ ރެކޯޑްސް ފައިލްކޮށް ބެލެހެއްޓުން.
  7. މީގެ އިތުރުން ޑިޕާޓްމަންޓްގެ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް (ހާއްސަކޮށް މައިކްރޯސޮފްޓް އެކްސެލް) ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

 

މުސާރައާއި އިނާޔަތް :

  • -/15،200 ރުފިޔާ
  • ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު އަދި ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  4. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

04 ޖަނަވަރީ 2024
ހޯދާ