މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޑިޖިޓަލް ފޮޓޯކޮޕީމެޝިނެއް ހޯދުމަށް

މި މިނިސްޓްރީއަށް ޑިޖިޓަލް ފޮޓޯކޮޕީމެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)142-E1/1/2015/40) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ އެއްފަރާތުން ކަމަށްވާތީ، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 އެޕްރީލް 2015 ވާ ބުދަަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

03 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ