ދިވެހިރާއްޖެ
ނަންބަރު: H/IUL/2024/04
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ ދަށުން ކަރަންޓުގެ ޙިދުމަތް ފޯރުކޮއްދެމުންދާ ކ. ގުރައިދޫ، އއ.ފެރިދޫ، އއ. މާޅޮސް، އދ. ހަންޏާމީދޫ އަދި ވ. ފެލިދޫގައި ރިނިއުވަބަލް އެނަރޖީ ހައިބްރިޑް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/500 (ފައްސަތޭކަ) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތައް އަންދާސީހިސާބު ހުށައެޅޭނީ ހަމަ އެކަނި ދިވެހި ކުންފުނި ތަކަށެވެ.
|
ދުވަސް |
ވަގުތު |
ފައިސާ ބަލައިގަތުމަށް |
2024 ޖަނަވަރީ 07 އިން 2024 ޖަނަވަރީ 18 އަށް |
09:00 އިން 15:00 އަށް |
ޑޮކިޔުމަންޓް ދޫކުރުމަށް |
2024 ޖަނަވަރީ 07 އިން 2024 ޖަނަވަރީ 18 އަށް |
09:00 އިން 15:00 އަށް |
މަޢުލޫމާތު ދިނުން |
2024 ޖަނަވަރީ 21 (އާދީއްތަ) |
11:00 ގައި |
ޓެކްނިކަލް ޕްރޮޕޯސަލް ހުށަހެޅުން |
2024 ފެބުރުވަރީ 22 (ބުރާސްފަތި) |
11:00 ގައި |
މި މަސައްކަތަށް ޕްރޮޕޯސަލް ހުށައެޅުން ހަމަޖެހިފައިވަނީ 2 މަރުހަލާ އަކަށެވެ. ޓެކްނިކަލް ޕްރޮޕޯސަލް އަދި ޑިޒައިން ކުރެހުން ހުށައެޅުމަށް ހަމަޖެހިފައިވަނީ 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. އަދި މި ޕްރޮޕޯސަލް ތަކުގެ ތެރެއިން ޓެކްނިކަލް ގޮތުން ހޮވޭ ޕްރޮޕޯސަލްތައް ކަނޑައަޅައި، އެފަރާތްތަކަށް ފައިނޭންޝަލް ޕްރޮޕޯސަލް ހުށައެޅުމަށް ދައުވަތު ދެވޭނެއެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 90 (ނުވަދިހަ) ދުވަސް ދޭންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.
25ޖުމާދަލްއާޙިރާ 1445
03 ޖަނަވަރީ 2024
ނޯޓް:
- ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338472 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.