ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އައިޓީއާ ގުޅޭ ހާޑްވެއަރ ގަތުމަށް

ކްރިމިނަލް ކޯޓަށް އައިޓީއާ ގުޅޭ ހާޑްވެއަރ ގަތުމަށް ކުރެވުނު ނަންބަރު SP/2015/18-ފ145 (10 މާރިޗު 2015) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.                               

ވީމާ، އެ އިޢުލާނާ ގުޅިގެން ހޯދަން ބޭނުންވާ ތަކެތީގެ ތެރެއިން ފޮޓޯކޮޕީމެޝިނާއި ޔޫ.ޕީ.އެސް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މާރިޗު 2015 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އެޕްރީލް 2015 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

04 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ