ދިވެހިރާއްޖެ
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާއަށް އަލަށްއިތުރުކުރާބައިގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު
ނަމްބަރު: (IUL)328-ED/328/2023/85 (31 އޮކްޓޯބަރ 2023) އިޢުލަނާއިގުޅިގެން އެއްވެސްފަރާތަކުން އެމަސައްކަތްކުރުމަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 18 ޖެނުއަރީ 2024ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރީން މިއިދާރާއަށް ލިއުމަކުން ހުށަހަޅުއްވައިގެން ނުވަތަ، އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.
ބިޑްރަޖިސްޓަރ ކުރެއްވުމަށް ފޮނުވާއިރު ހިމަނަންޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީ
3- ގުޅޭނެ ފޯނު ނަންބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު (އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް) މެއިލްގައި އެޓެޗް ކުރަންވާނެއެވެ.
އަންދާސީހިސާބު ހުށަހެޅުއްވުން އޮންނާނީ 28 ޖެނުއަރީ 2024ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލްކުރެއްވުންއެދެމެވެ. ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.