އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
މާލެއިން 20 ކޮޓަރި ކުއްޔަށް ހިފުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނޯޓް: މިމަދަރުސާއިން 2023 ޑިސެންބަރު 14 ވަނަ ދުވަހުކޮށްފައިވާ (IUL)MAI-109/MAI/2023/70 އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުން ޝަރުޠުހަމަވުމަށް ބޭނުންވާ ބައެއް ޑޮކިުމަންޓް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

1. މި މަދަރުސާގެ އަޒްހަރު މުދައްރިސުންނަށް މާލެއިން 20 ކޮޓަރި 11 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 02 ޖަނަވަރީ 2024 އިން 09 ޖަނަވަރީ 2024 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. 

3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ޖަނަވަރީ 2024 ވަނަ ދުވަހުގެ 14:00 ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މި ބީލަމާ ބެހޭގޮތުން ޕްރީބިޑް މީޓިންގ އެއް 10 ޖަނަވަރީ 2024 ވަނަ ދުވަހު 11:00 އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ މީޓިންގ ރޫމްގައި އޮންނާނެއެވެ.

5. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ މީޓިންގ ރޫމްގައެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

[email protected]

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3016640

20 ޖުމާދަލްއާޚިރާ 1445

02 ޖަނަވަރީ 2024
ހޯދާ