ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
(އެސިސްޓެންޓް އިންޖިނިއަރ ) އިލެކްޓްރިކަލް / މެކޭނިކަލް

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ހުޅުމާލެ ޕަވަރހައުސް

މަޤާމް:

(އެސިސްޓެންޓް އިންޖިނިއަރ ) އިލެކްޓްރިކަލް / މެކޭނިކަލް

ބޭނުންވާ ޢަދަދު:

02

މުސާރަ:

-/10,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

އިންޖިނިއަރިންގ ނުވަތަ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކަނޑައެޅިފައިވާ ދަންފަޅިތަކުގައި ޕަވަރޕްލާންޓްގެ ޑިއުޓީކުރުމުގައި އިސްވެ ހަރަކާތްތެރިވުން
  • ހުރިހާ އިކުއިޕްމަންޓާއި ޕަވަރޕްލާންޓާއި ގުޅުންހުރި ހުރިހާ ޢިމާރާތް ބެލެހެއްޓުން
  • ހުޅުމާލޭގެ އެއްވެސް ބަޔަކަށް  ކަރަންޓްގެ ޚިދުމަތް ނުލިބިވަނީ ޕަވަރޕްލާންޓްގައި ދިމާވެފައިވާ މައްސަލައަކާއި ގުޅިގެންކަމުގައި ވާނަމަ އެކަމެއް ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ރަގަޅު ކުރުމާއިއެކު އަސަރަހައްދަކަށް ކަރަންޓް ދިނުމުގެ މަސައްކަތް
  • ޕަވަރޕްލާންޓްގެ ޓެކްނިކަލް ޑާޓާ އިވެލުއޭޓްކުރުން
  • ޕަވަރޕްލާންޓްގައި އިންސްޓޯލް ކުރެވިފައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިދާނެކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި ވަގުތުން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން
  • ޕަވަރޕްލާންޓްގައި ހިމެނޭ ހުރިހާ މެޝިނަރީއަކާއި އަދި ގުޅުންހުރި ހުރިހާ އޮގްޒިލިއަރީ އިކުއިޕްމަންޓް ހިންގާ ބެލެހެއްޓުމަށްޓަކައި ބޭނުންބާނެ ޑީސަލް، ލުބްއޮއިލް، ސްޕެއަރޕާރޓްސް އަދި ޓޫލްސް ފދަ ތަކެއްޗާއި ޓެސްޓިންގ އިކުއިޕްމަންޓް ހުރިތޯބަލާ، ބޭނުންވާ ތަކެތި ވެރިންގެ މަޝްވަރާގެ މަތިން ހޯދުން
  • ޕަވަރޕްލާންޓްގެ މެޝިނަރީއާއި އެކިއެކި ސިސްޓަމަށް ބޭނުންވާ ސްޕެއަރޕާޓްސްފެ ލިސްޓް ހެދުމުގައާއި ސްޓޮކް ޗެކްކުރުމުގައި އެހީތެރިވެދިނުން
  • ލުބްއޮއިލް ސިސްޓްމްގެ މެއިންޓެނަންސް ރޭވުމާއި ރެކޯޑްސް ބެލެހެއްޓުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

 07 ޖަނަވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 07 ޖަނަވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

20 ޖުމާދަލްއާޙިރާ 1445

02 ޖަނަވަރީ 2024

02 ޖަނަވަރީ 2024
ހޯދާ