ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް މޯލްޑިވްސް ޕޭމެންޓް ސިސްޓަމް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ (ފޭސް-(02 އަށް ބޭނުންވާ އައިޓީ އިންފްރާސްޓްރަކްޗަރ ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ކޮމިޝަން ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި ވާ ތާވަލްއާ އެއްގޮތަށް މިއޮތޯރިޓީއަށް ހާޞިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މައުލޫމާތު ސާފުކުރުން |
10 ޖަނަވަރީ 2024 |
ބުދަ |
11:00 |
އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި |
16 ޖަނަވަރީ 2024 |
އަންގާރަ |
12:00 |
އަންދާސީ ހިސާބު ހުށަހެޅުން |
24 ޖަނަވަރީ 2024 |
ބުދަ |
11:00 |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހުގެ 11:00 އަށް އޮތޯރިޓިއަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި ބީލަމުގެ އާރްއެފްޕީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.