މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އާރތުއަވަރ އާ ގުޅިގެން އެއްގަމުދުއްވާ އިންޖީނުލީ އުޅަދުތައް ނުދުއްވާ ވަގުތުކޮޅެއް ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ.

އިޢުލާން

2015 މާރިޗު 28 ވާ ހޮނިހިރު ދުވަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ އާރތުއަވަރ އާ ގުޅިގެން ރޭގަނޑު 20:00 ން ރޭގަނޑު 22:00 އަށް އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަނދުތައް ނުދުއްވާ ވަގުތުކޮޅެއްގެގޮތުގައި ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، 2015 މާރިޗު 28 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:00 ން ފެށިގެން އެރޭގެ 22:00 އާ ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުފިޔަވައި އެހެން އުޅަނދު ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެދުވަހު އެވަގުތު ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 2009 /5 ގެ 5 ވަނަމާއްދާގެ (ރ) ގެ ދަށުން މަނާކަމެއްކަމުގައި އާންމުކޮށް އަންގައި އިއުލާންކުރަމެވެ.

  1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީލުލީ އެއްގަމު އުޅަނދު
  2. އެމްބިއުލާންސް
  3. ފުރާމީހުން ބޭނުންކުރުމަށްހުއްދަދެވޭ ޓެކްސީ އާއި ޕިކަޕް
  4. ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް
  5. ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތުގެ ތެރެއިން މިއޮތޯރިޓީއިން ހުއްދަދޭ އުޅަނދު
  6. އެދުވަހު އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅނދު

    މަތީގައިވާ 6 ބާވަތުގެ ތެރެއިން 3 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ ދަށުން އެދުވަހުގެ އެގަޑީގައި ދުއްވުން ހުއްދަ އުޅަނދުފަހަރަށް ޚާއްޞަ ހުއްދައެއް ހައުސިންގ މިނިސްޓްރީއިން ދޫކުރެވޭނެއެވެ. މިހުއްދަ އެއުޅަނދުތަކުގައި އާންމުކޮށް ފެންނަން ހުންނާނޭހެން ހަރުކުރެވިފައި ހުންނަންވާނެއެވެ. އަތޮޅުތަކުގައި މިފަދަ ހާލަތްތަކުގައި ބޭނުންކުރާ އެއްގަމު އުޅަނދުގައި އަތޮޅުކައުންސިލް ނުވަތަ ރަށުކައުންސިލުން ހުއްދަދިން ކަމުގެ ލިޔުމެއް އޮންނަންވާނެއެވެ.

    މިއެންގުމާ ޚިލާފުވާ ފަރާތްތައް  2009 /5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ  މާއްދާގެ ދަށުން -/750ރ އިން  ޖޫރިމަނާ ކުރެވޭނެ ކަންވެސް އާންމުކޮށްއަންގައި އިއުލާންކުރަމެވެ.

                             3 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ