ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ ވަގުތީ ވިލަރެސް ކޮމެޓީއަށް މެމްބަރުން ހޯދުމާއި ގުޅޭ

"ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" 31 ޑިސެންބަރު 2023 ގައި ވަނީ ގެޒެޓްގައި ޝާއިޢު ކުރެވިފައެވެ. މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ވަގުތީ ކޮމެޓީ އެކުލަވާލުމުގެ މަސައްކަތް މިހާރު މިކައުންސިލްގެ ފަރާތުން މިގެންދަނީ ކުރަމުންނެވެ. އެގޮތުން އާންމު ރައްޔިތުންގެ ފަރާތުން ދެ މެމްބަރުން އެ ކޮމެޓީއަށް އައްޔަންކުރަން ޖެހެއެވެ.

ވީމާ، ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ ވަގުތީ ވިލަރެސް ކޮމެޓީގައި ޢާންމު ރައްޔިތުންގެ ފަރާތުން ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 10 ޖެނުއަރީ 2024 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދި މި އިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ކޮމެޓީގައި ބައިވެރިވެލެއްވުމަށް ދެ ފަރާތަށްވުރެ ގިނަފަރާތުން ކުރިމަތި ލައްވައިފިނަމަ ކޮމެޓީއަށް އައްޔަންކުރާ ދެ މެމްބަރުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.  

02 ޖަނަވަރީ 2024
ހޯދާ