ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަގާމު:

ރިސަރޗް އޮފިސަރ

 

ބޭނުންވާ އަދަދު:

1 އެކެއް

ވަޒީފާގެ ބޭނުން:

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި އދ ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލު ކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

މަޤާމުގެ ރޭންކް:

MS1

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް

މުސާރަ:

-/9483ރ

އެހެނިހެން އެލްވަންސްތައް:

ސާރވިސް އެލަވަންސް -/3،500ރ

ލިވިންގ އެލަވަންސް -/3،000ރ

ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް

ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:

މޮނީޓަރިންގ އެންޑް އިވެލުއޭޝަން

މަޤާމުގެ ޝަރުތު: 

 

  1. އެޑިއުކޭޝަން، ރިސަރޗް މެތަޑްސް، ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ސޯޝަލް ސައިންސަންސް، ޑިވެލޮޕްމަންޓް ސްޓަޑީސް ނުވަތަ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
  2. އެޑިއުކޭޝަން، ރިސަރޗް މެތަޑްސް، ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ސޯޝަލް ސައިންސަންސް، ޑިވެލޮޕްމަންޓް ސްޓަޑީސް ނުވަތަ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

 

  1. ރިސަރޗް ކުރުމާއި ޑޭޓާ އެނަލައިސް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  2. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
  3. ސިއްރު ހިފެހެއްޓުން.
  4. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
  5. އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
  6. މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.
  7. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.
  8. މައިކްރޯސޮފްޓް އޮފީސް ގެ ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. މިއޮފީހުން ކުރުމަށް ކަނޑައަޅާ ދިރާސާތަކުގެ ތެރެއިން ޑިޕާޓްމަންޓުން ކުރުމަށް ނިންމާ ދިރާސާތައް ކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކޮށް، މި ދިރާސާތަކުގެ މައްޗަށް އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލައި، މި ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  2. ދިރާސާކުރުމުގެ ތެރޭގައި ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމާއި، މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ އެކަން ކުރުމާއި، ރިޕޯޓްތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުމާއި، މި ރިޕޯޓްތައް ހުށަހެޅުން.
  3. މިއޮފީހުން ކުރާ މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ ޑެސްކް ރިވިއުތައް ހަދައި ރިޕޯޓްތައްޔާރުކުރުން.
  4. ރިސަރޗް އޮފިސަރެއްގެ ހައިސިއްޔަތުން މިއޮފީހުގެ އެހެން ޑިޕާޓްމަންޓްތަކުން ކުރާ ދިރާސާތަކަށް ފަންނީ ލަފާދިނުން.
  5. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި މިއޮފީސް ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
  6. ދިރާސާގެ ނަތީޖާތައް ތަންފީޒުކުރުމަށް ބޭނުންވާ ރެކޮމެންޑޭޝަންތައް އެކުލަވާލާ ކޮންސެޕެޓް ޕްލޭންތައް ހެދުމުގައި އެހީތެރިވެދިނުން.
  7. ދިރާސާ ކުރާނެ ޕްރޮގްރާމްތަކާއި މެތޮލޮޑޮޖީސްތަކާއި ގުޅޭ ގޮތުން ގޮތް ނިންމުމާއި، މިންގަނޑުތައް ކަނޑައެޅުން.
  8. އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި އޮފީހުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  9. އަދި މިނޫންވެސް މިއޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
  10. އޮފީހުގެ ފަރާތުން ހިންގާ އޮޑިޓްތަކުގެ ތެރެއިން ނުވަތަ ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރެއިން، ރަނގަޅުކުރަން ލަފާދީފައިވާ ކަންތައްތަކާއި އިތުރަށް ބަލާ މޮނީޓަރކުރަމުން ގެންދިއުމަށް ލަފާދީފާވާ ކަންތައްތައް، މޮނިޓަރކޮށް ފޮލޯއަޕް ހެދުމުގެ މަސައްކަތްތައް ކުރުން.
  11. އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި އޮފީހުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  12. އަދި މިނޫންވެސް އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  ތަޢުލީމާ ތަމްރީން (%30)

  1. މަސައްކަތުގެ ތަޖުރިބާ (%20)
  2. އިންޓަވިއު/އިމްތިހާން (%50)

 

ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ 40% އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ 65% އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  3.  ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  7. ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.

  • އެޕްލިކޭޝަން ފޯމު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
  • ސީ.ވީ.
  • ތަޢުމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
  • ތަޖުރިބާއާގުޅޭ ލިޔުންތައް

ނޯޓް:

  • މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
  • މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
  • އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގައެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
  • އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

02 ޖަނަވަރީ 2024
ހޯދާ