މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިޓް ސްޓޭންޑް ތަކެއް ހަދައި 4 މާސްޓްގައި ހަރުކުރުން

މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ލައިޓް ހަރުކުރާ ސްޓޭންޑްތަކެއް ހަދައި ހަތަރު މާސްޓްގައި ހަރުކުރުމާއި، މާސްޓްތައް ހަރުކުރުމަށް އަޅާފައިވާ ބުޑުތަކުގައި މާސްޓްތައް ހަރުކޮށް،  މާސްޓްތަކުގައި 16 ލައިޓް ހަރުކޮށް އެޖަސްޓްކުރުމާއި ލައިޓްތަކަށް ކަރަންޓް ގުޅުމަށް ކުރަންޖެހޭ ވައިރިންގެ އެންމެހާ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)330-B/330/2023/73 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.

         ވީމާ މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން ބީލަމަށް ރަޖިސްޓްރީކުރެއްވުމަށްފަހު 08 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަމަށް ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން 100 ރުފިޔާގެ ފީއެއް ދައްކަވަން ޖެހޭނެއެވެ. ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު، ބީލަމަށް ރަޖިސްޓްރީ ވާން އެދޭ ފޯމާއެކު 2024 ޖަނަވަރީ 03 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް ފޯމާއި ޓްރާންސްފަރ ސްލިޕް ފޮނުއްވުން އެދެމެވެ. ބީލަމަށް ރަޖިސްޓްރީވާން އެދޭ ފޯމު މަޢުލޫމާތު ކަރުދާހާއެކު ހިމެނިފައި ވާނެއެވެ. އަގު ހުށަހަޅުއްވާނީ ބީލަން ހުށަހަޅާ ފޯމުންނެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

31 ޑިސެންބަރު 2023
ހޯދާ