ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް، ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2023/046
ހުޅުމާލެ ހޮސްޕިޓަލްއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް، ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އަގު ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީންނެވެ.
ރެޖިސްޓްރޭޝަން:
ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:
|
ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބީލަމަށް އަގު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.
ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.
https://forms.gle/RNdjrpNJyAWPY9fb8 |
އަންދާސީ |
14 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350113 / 3350152
އީ-މެއިލް: [email protected]
31 ޑިސެމްބަރ 2023
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް