ހިރިލަންދޫ ސްކޫލް، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ޖަނަވަރީ 02 އިން 2024 ޖަނަވަރީ 08 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މި މުއްދަތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށެވެ.

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024ޖަނަވަރީ 08ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ ބިޑް މީޓިންގް) އޮންނާނީ 2024 ޖަނަވަރީ 09 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  • ބީލަން ހުށަހެޅުން އަދި ބީލަން ހުޅުވުން އޮންނާނީ 2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތ.ހިރިލަންދޫ ސްކޫލް

ތ.ހިރިލަންދޫ، ދިވެހިރާއްޖެ                                   

ފޯން:/9133341 9845629                                     

31 ޑިސެންބަރު 2023
ހޯދާ