ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( ޕްރީސްކޫލް ޓީޗަރ)

ޕްރީސްކޫލް ޓީޗަރ (ކޮންޓްރެކްޓް)

މަޤާމް:

ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ

ސެކްޝަން

ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ / މަޑިފުށި ޕްރީ ސްކޫލް

ވަޒީފާއަދާކުރަން ޖެހޭ ތަން:

-/5000ރ.

މުސާރަ:

ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި-/3000ރ ލިބޭނެ

އެލަވަންސް:

2 (އެކެއް)

ބޭނުންވާ ޢަދަދު:

  • ސާނަވީ ތަޢުލީމް ނިންމާފައިވުން.

ނުވަތަ

  • ގްރޭޑް 07 ނިންމާ ކިޔަވައިދިނުމުގެ ރޮނގުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނޯޓް: ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10  ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.   

މި މަގާމުގެ ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ތަޢުލީމާއި ތަޖުރިބާގެ ގޮތުން އަދި އިންޓަރވިއު އިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތް މަގާމަށް ހަމަޖެއްސޭނެއެވެ.

  1. މަގާމުގެ ޝަރުތު:
  • ކިޔަވައިދިނުމުގެ އެންމެހާ ކަންތައްތަކާއި ޕްރީސްކޫލް/ނާރސަރީ ގައި ރާވާ ހިންގާ ތަފާތު ޕްރޮގްރާމްތައް ކައުންސިލުން އަންގާ ގޮތުގެމަތިން ހިންގުން.
  • ޕްރީސްކޫލް ކަންތައްތަކާބެހޭގޮތުން ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތައް ހިންގުމުގައި ޒިންމާ ނަގައިގެން ބައިވެރިވުން. ހަމަހަމަ ގޮތެއްގައި ސްކޫލުގެ ހަރަކާތްތަކުގައި ހުރިހާ ކުދީންނަށް ބައިވެރިވުމުގެ ފުރުޞަތު ދިނުން.
  • ޕްރީސްކޫލް ދަރިވަރުންނާއިބެހޭ ލިޔެކިއުންތައް އަދި ކިޔަވައިދިނުމަށް ބޭނުންވާ ލިޔެކިއުންތައް ފުރިހަމަކުރުން.
  • ކްލާހަކީ ކުދީންނަށް އަމިއްލައަށް އުގެނުމަށް ފަހި މާހައުލަކަށް ހެދުން (ތަފާތު ހުނަރު ދަސްވާގޮތަށް ކްލާހުގެ މާހައުލު ރާވައިލުން).
  • މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ޙާޞިލުވާގޮތަށް ސްކީމް އޮފް ވޯރކް ތައްޔާރުކުރުން.
  • ކުރިއަށް އޮންނަ ހަފްތާއަށް ލެސަންޕްލޭން އަދި ކިޔަވައި ދިނުމަށް ބޭނުންވާ އެހީ ތައްޔާރުކުރުން (ތަފާތު ފެންވަރުގެ ކުދީންނަށް އަމާޒުކޮށް).
  • ކުދީންގެ ތަޢުލީމް ކުރިއެރުން (ކުދީންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދީންގެ ހުނަރުތައް) ޤަޥާޢިދުން ބަލަހައްޓައި، އެމަޢުލޫމާތު ޤަޥާޢިދުން ބެލެނިވެރިންނަށް ފޯރުވައި ދިނުން (ޕޯޓްފޯލިއޯ، އެނެކްޑޯޓަލް ރިކޯޑްސް)
  • ކުދީން ކްލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދީންގެ ބެލެނިވެރިން އެކުދީންނާއި ހަވާލުވަންދެން އެކުދީން ބެލެހެއްޓުމުގެ ޒިންމާ ނެގުން.
  • ކިޔަވައި ދިނުމުގައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުން. މުދައްރިސުން އަމިއްލައަށް އެމީހުންގެ ތަރައްޤީއަށް މަސައްކަތްކުރުން.
  • ތުއްތު ކުދީންގެ ކިބައިގައި ހުންނަ ތަފާތު ދަނެގެން ޖިސްމާނީ، ނަފްސާނީ ދުޅަހެޔޮކަން އެކުދީންގެ ކިބައިގައި ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމާއި އަދި އެކުދީންގެ ވިސްނުން ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމާއެކު، އިސްލާމީ ޢަޤީދާއާއި އިސްލާމީ ތަރުބިއްޔަތު އުގަންނައި ދިނުމާއި، އަދި ޕްރީސްކޫލް މުގައްރަރާއި އެއްގޮތަށް، ކުދީން ތަރުބިއްޔަތުކޮށް އުގަންނައިދީ، ޤައުމަށް ބޭނުންތެރި ތަފާތު ހުނަރުތައް ދަސްކޮށްދީ އުގެނި ގަތުމުގެ ޝަޢުޤުވެރިކަން ކުދީންގެ ކިބައިގާ އުފެއްދުން.
  • ޕްރީސްކޫލުގެ ބޭބީ ނަރސަރީ ކްލާހުންފެށިގެން ނިމޭކުދީންނަކީ ޕްރީ ސްކޫލް ނިމޭއިރު ރަނގަޅަށް ނަމާދުކުރަން ދަންނަ އަދި ބަލައިގެން އެކުދީންގެ ޢުމުރުފުރާގުޅޭގޮތުން ޤުރުއާން (ކުރުސޫރަތްތައް) ކިޔަވަން ދަންނަ ކުދި ބަޔަކަށް ހެދުން.
  • ޕްރީސްކޫލުން ނިމޭ ކޮންމެ ކުއްޖަކީ އެކުދީންގެ ޢުމުރު ފުރާއާއި ގުޅޭގޮތުން ލިޔަންކިޔަން ދަންނަކުއްޖަކަށް ހެދުން.
  • ތުއްތުކުދީން ފުރިހަމަގޮތުގައި ތަރުބިއްޔަތު ކުރުމުގައި އާއި ޢިލްމާއި ހުނަރުތައް ދަސްކޮށްދިނުމުގައި އެކުދީންގެ މައިންބަފައިންނާއި ގުޅިގެން އޯގާތެރިކާމާއި އަޅާލުމާއެކު ސްކޫލު މާހައުލުން ކުދީންނަނަށް ލިބެންޖެހޭ އެންމެހާ އެހީތެރިކަމާއި ރައްކާތެރިކަން ހޯދައިދިނުން.
  • ޕްރީސްކޫލުންދޭ ޚިދުމަތްތައް ދުވަހުން ދުވަހަށް ތަރައްޤީކުރުމަށް، ކައުންސިލާއި ގުޅިގެން މަސައްކަތްކުރުން.
  • ކައުންސިލްގެ ފަރާތުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގައި ބައިވެރިވުން އަދި މުވައްޒަފުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަގާމުގެ މަސްއޫލިޔަތުތަކާއި ވާޖިބުތައް:

  •  
  • ވަޒީފާގެ ޝަރުތު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުތު ފުރިހަމަވުން
  • ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމު އަދި ވަޒީފާ އާއި ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް (މަޤާމާއި ގުޅޭ ދާއިރާއަކުން ތަޢުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ).
  • މަސައްކަތުގެ ތަޖުރިބާ: ވަޒީފާ އާއި ގުޅުންހުރި ތަޖުރިބާ އަދި އެހެނިހެން ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް: އިންޓަރވިއު / ޕްރެކްޓިކަލްސް ނުވަތަ ޕްރެޒެންޓޭޝަން.
 
  1. ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

2024 ޖަނަވަރީ 3 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކޮޅުމަޑުލު މަޑިފުށި ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ފޮނުވާ ސިޓީ
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސަނަދުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އިންޓަރވިއު އަށް ވަޑައިގަންނަވާއިރު މިލިއުންތަކުގެ އަސްލު ގެންނަންވާނެއެވެ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސްކޫލްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  1. ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 ނަންބަރަށެވެ. އީ މެއިލް ކުރައްވާނީ [email protected]  އަށެވެ.

31 ޑިސެންބަރު 2023
ހޯދާ