ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ކުރުމަށް އިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ

ވިޔަފާރި ކުރުމުގެ މަސައްކަތް ކުރުމަށް މިރަށު ކޮށިތެރޭގެއާއި އިންވެގެންހުރި ކައުންސިލްގެ އިމާރާތާއި، މިރަށު ހުޅަނގުމަތީގެއާއި އިންވެގެންހުރި މިކައުންސިލްގެ އިމާރާތް 10 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ.

     ވީމާ، މި 2 އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތައް 2 އިމާރާތައް ވަކިންނެވެ.

ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ވިޔަފާރި ކުރުމަށް އިމާރާތް ކުއްޔަށް ހިފުމުގެ" ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާއަށް ދުރުވެ އަދި މިއިދާރާގެ ނަންބަރު 6500252 ނަންބަރާއި ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

 މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

                               19 ޖުމާދަލްއާޙިރާ 1445    

31 ޑިސެންބަރު 2023
ހޯދާ