މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިއުލާން

ހައިޑްރޯފްލޮރޯކާބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖެއަށްއެތެރެކުރާ މިންވަރު ކޮންޓްރޯލް ކުރުން 

  

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުއާހަދާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ" އަށް ގެނެވުނު އިސްލާހު "ކިގާލީ އެމެންޑްމަންޓް" ގެ ދަށުން 2024 ވަނަ އަހަރު ހައިޑްރޯފުލޮރޯކާބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖެ އެތެރެކުރާ އަދި ބޭނުންކުރާ މިންވަރު މަދުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.  

އެޗް.އެފް.ސީ ގޭހަކީ ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ފަދަ ފިނިކުރުމަށް ބޭނުންކުރާ އާލާތްތަކުގައި ބޭނުންކުރާ ގޭހުގެ ބާވަތެކެވެ. ކިގާލީ އެމެންޑްމަންޓްއަކީ، މިފަދަ އާލާތްތަކުގައި ބޭނުންކުރާ، ޖައްވު ހޫނުވުމަށް ކޮންޓިރިބިއުޓް ކުރާ އެޗް.އެފް.ސީ ގޭސް މަދުކޮށް، ކޮންޓްރޯލްކުރުމަށް ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.  އެޗްއެފްސީއަކީ ޖައްވު ހޫނުކުރާ މިންވަރު (ގްލޯބަލް ވާރމިން ޕޮޓެންޝިއަލް) މަތި ގޭހެކެވެ. މި އިސްލާހުގެ ދަށުން، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން 2019 ވަނަ އަހަރުން ފެށިގެން އެޗް.އެފް.ސީ މާއްދާތައް މަދުކުރުމަށް މަސައްކަތްކުރަން ފަށަންޖެހެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުން 2024 ވަނަ އަހަރާއި 2028 ވަނަ އަހަރާއި ދެމެދުގައި އެޗް.އެފް.ސީ ބޭނުން ކުރުން ކޮންޓްރޯލްކޮށް މަދުކުރަން ޖެހޭނެއެވެ.  

ދިވެހިރާއްޖެއިންވެސް 2024 ވަނަ އަހަރު އެޗް.އެފް.ސީ އެތެރެކުރާ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ފަށަންޖެހެއެވެ. މި މިންވަރު ރާއްޖެ ހިމެނޭ A5-ޑިވެލޮޕިން ކަންޓްރީސް، ގްރޫޕް 1 ގެ ގައުމުތަކުން ކަނޑައަޅަން ގެންގުޅޭ މިންގަނޑަކީ، އެ ގައުމަކުން 2020-2022 އަށް ބޭނުންކޮށްފައިވާ އެޗް.އެފް.ސީގެ އެވްރެޖްއާއި އެޗް.ސީ.އެފް.ސީގެ ބޭސްލައިންގެ %65 ގެ މައްޗަށް ބިނާކޮށް އޭގެ ގްލޯބަލް ވާމިން ޕޮޓެންޝިއަލް ހުންނަ މިންވަރަށް ބަލައިގެން ކަނޑައަޅާ މިންގަނޑެކެވެ.

ގްލޯބަލް ވާމިން ޕޮޓެންޝިއަލް (ޖީ.ޑަބްލިއު.ޕީ)  އަކީ ގްރީންހައުސް ގޭހެއް ޖައްވަށް ބޭރުވުމަށްފަހު އެ ގޭހަކުން އިންފްރާރެޑް ތާމަލް ރޭޑިއޭޝަން ހިފަހައްޓާ މިންވަރު ވަޒަންކުރާ އިންޑެކްސްއެކެވެ. އެކި ގޭހުގައި ޖީ.ޑަބްލިއު.ޕީ ޕޮޓެންޝިއަލް ހުންނާނީ އެކި މިންވަރަށެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އެޗް.އެފް.ސީ އާ އެޗް.އެފް.ސީ ބްލެންޑްސްގެ ޖީ.ޑަބްލިއު.ޕީ މިންވަރު ދައްކައިދޭ ތާވަލެއް ތިރީގައި އެވަނީއެވެ.

ދިވެހިރާއްޖެ ނިސްބަތްވާ ގްރޫޕުގެ ގައުމުތަކުން އެޗްއެފްސީ ކޮންޓްރޯލްކޮށް މަދުކުރަންޖެހެނީ ތިރީގައިވާ  ތާވަލްއާއި އެއްގޮތަށެވެ. 

 

Non-A5 parties (developed countries)

A5 parties (developing countries) - Group 2

A5 parties (developing countries) - Group 1

Baseline formula

Average HFC consumption levels for 2011-2013 + 15% of HCFC baseline

Average HFC consumption levels for 2024-2026 + 65% of HCFC baseline

Average HFC consumption levels for 2020-2022 + 65% of hydrochlorofluorocarbon (HCFC) baseline

 

-

2028

2024

Freeze

2019 – 10%

2032 – 10%

2029 – 10%

1st step

2024 – 40%

2037 – 20%

2035 – 30%

2nd step

2029 – 70%

2042 – 30%

2040 – 50%

3rd step

2034 – 80%

 

 

4th step

2036 – 85%

2047 – 85%

2045 – 80%

Plateau

 

ދިވެހިރާއްޖެއިން އެޗް.އެފް.ސީ މަދުކުރުމަށް ފަށަން ޖެހޭ މިންވަރަކީ COeq434،219  އެވެ. ވީމާ، 1 ޖެނުއަރީ 2024 އިން ފެށިގެން 31 ޑިސެމްބަރ 2024 އަށް ދިވެހިރާއްޖެއަށް އެޗްއެފްސީ އެތެރެކުރެވޭނެ އެންމެ ގިނަ މިންވަރަކީ COeq434،219 އެވެ. މިއަދަދު ހަމަވަންދެން އެތެރެކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ގިނަވެގެން އެއްފަހަރާ ހުއްދައަށް އެދި ހުށަހެޅޭނީ މަތީގައި ދެންނެވިފައިވާ COeq ގެ އަށްވުރެ އިތުރު ނުވާނެ މިންވަރަކަށެވެ. އަދި ޝިޕްމަންޓް އޯޑަރ ދިނުމުގެ ކުރިން މަކުޑި ޕޯރޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް އެދި ހުށަހަޅަން ވާނެއެވެ.  

31 ޑިސެންބަރު 2023
ހޯދާ