މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިވްސްޓަރ ފެކްޓަރީ 01 ނަންބަރު ގުދަނާއި އަދި 14 ނަންބަރު (ކުރިން ފެލިސިޓީއަށް ދީފައިވާ) ގުދަނާއި ގުޅިފައިވާ ބިން

ކުރިން ފައިވްސްޓަރ ފެކްޓަރީ ހިންގި އިމާރާތުގެ 01 ނަންބަރު ގުދަނާއި 14 ނަންބަރު ގުދަން (ކުރިން ފެސިލިޓީ) ގުދަނާއި ގުޅިފައިވާ ބިން ކުއްޔަށް ދިނުން

މިރަށުގައި ކުރިން ފައިވް ސްޓަރ ފެކްޓަރީ ހިންގި ޢިމާރާތުގައި ހުރި 01 ނަންބަރު ގުދަނާއި ގުދަނާއި ގުޅިފައިވާ ބިން ބީލަން އުސޫލުން ކުއްޔަށް ދޫކުރުމަށް ކުރި އިއުލާން (IUL)333/333/2023/95 ބާތިލްކޮށް 14 ނަންބަރު ގުދަން (ކުރިން ފެސިލިޓީ) ގުދަނާއި އެކު އަލުން އިއުލާންކުރީމެވެ.

ވީމާ ގުދަން ކުއްޔަށްހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖެނުއަރީ 2024 ވަނަ ދުވަހު 13:00 ގެ ކުރިން ތިރީގައިވާ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 04 ޖެނުއަރީ 2024 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޖެނުއަރީ 2024 ވަނަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ. ކޮންމެ ގުދަނަކަށްވެސް ހުށައަޅުއްވަންވާނީ ވަކި ބިޑް ތަކެކެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ލިންކް:  https://docs.google.com/forms/d/e/1FAIpQLSfZBsdNefCjtRKGIPQ25Tx6JyEavTLmHY22aJd9rGcqWkxDmQ/viewform?usp=sf_link

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ޖުމާދުއްއާޚިރު  1445

31 ޑިސެންބަރު 2023
ހޯދާ