ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
12 ލައިޓް ޕޯސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
                                އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
މި އިދާރާއިން ދީފައިވާ ކުރެހުމާއި އެއްގޮތައް އަމިއްލަ ތަކެތީގައި 12 ލައިޓް ޕޯސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 08 އޮކްޓޯބަރ 2023 ގައި ކޮށްފައިވާ ނަންބަރ C-381/IUL-2023/75 ޢިއުލާންގެ ކުރެހުމުގައި މައްސަލަތަކެއް ހުރިކަމަށް ފެންނާތީވެ، އެއަންދާސީ ހިސާބު ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
 - ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 31 ޑިސެމްބަރ 2023 އިން 04 ޖަނަވަރީ 2024 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 11:30އަށް މިއިދާރާއަށް ދުރުވެ ނުވަތަ އޮންލައިންކޮށް ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
 - އޮންލައިންކޮށް ފައިސާ ދައްކަވައިގެން ރަޖިސްޓަރ ވާނަމަ، މި އިދާރާގެ އެކައުންޓަށް ޓްރާންފަރ ކުރެވޭނެއެވެ. އަދި ޓްރާންސްފަރ ކުރި ސްލިޕް ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
 - C-381/IUL-2023/75 އިއުލާންގެ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތަކުން، މި ބީލަމުގައި ރަޖިސްޓްރީވާނަމަ ފައިސާ ދައްކަވާކަށް ނުޖެހޭނެއެވެ.
 - މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތް މެއިލް ކުރެވޭނެއެވެ.
 - މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
 - އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
 - ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
 
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- އެކައުންޓް ނަންބަރު: 7730000135156
- އެކައުންޓް ނަން: 1430 Revenue 1
- ފޯން : 9781899
- އީމެއިލް: [email protected]
31 ޑިސެމްބަރ 2023
             31 ޑިސެންބަރު 2023
            
        
                    ހޯދާ  
                
                