ދިވެހިރާއްޖެ
މަޤާމު: |
ޑްރައިވަރ |
ވަޒީފާގެ ދާއިރާ: |
ޓްރާންސްޕޯޓް، މެއިންޓަނަންސް، އެންޑް ސެކިއުރިޓީ |
ބޭނުންވާ އަދަދު: |
02 |
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/5,600ރ އާއި -/10,000ރ އާ ދެމެދު |
ފެންވަރު ނުވަތަ ޝަރުޠު: |
ޑްރައިވިންގ ލައިސަންސް C2,C1,B2,B1 ކެޓަގަރީތަކުގެ ލައިސަންސް އޮތުމާއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރޭވޭ ފަދަ އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވުން. އަދި ފޯކްލިފްޓް ދުއްވަން ދަންނަ މީހުންނަށް އިސްކަން ދެވޭނެއެވެ. |
ދާއިރާގެ މައިގަނޑު މަސައްކަތް: |
ކުންފުނީގެ ވެހިކަލް ދުއްވުމާއި ވެހިކަލްތައް ބެލެހެއްޓުން. |
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު: |
01 އެޕްރީލް 2015 ދުވަހުގެ 15:00 ގެ ކުރިން |
މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން 6 މަސް ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ. މި މަޤާމުތަކަަށް އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށްއެދޭ ފޯމާއެކު މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 01 އެޕްރީލް 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. 03 ޖުމާދަލްއާޚިރު 1436 |