ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު IUL/2022/480/56 (7 ޑިސެންބަރު 2023) އިޢުލާނުން ހުޅުވާލެވުނު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި އިޢުލާނުގައިވާ އަންނަނިވި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތުގެ މުއްދަތު އިތުރުކޮށް މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. އިސްވެ ދެންނެވުނު ނަންބަރު ޢިއުލާނާއި ގުޅިގެން ފޯމު ހުށަހެޅިފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
މަޤާމު: |
ސީނިއަރ ޕްރޮގްރާމް އެސޯސިއޭޓް |
ބޭނުންވާ ޢަދަދު:. |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ |
އަސާސީ މުސާރަ: |
-/7,875 ރުފިޔާ |
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: -/5،000 ރުފިޔާ - ފޯނު އެލަވަންސް: -/250 ރުފިޔާ -މަސައްކަތާއި ގުޅޭގޮތުންދެވޭ އެހެނިހެން އެލަވެންސް މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
އަސާސީ ޝަރުޠުތައް: |
-ދިވެހި ރައްޔިތެއް ކަމުގައިވުން -އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން |
މަޤާމުގެ މަސްއޫލިއްޔަތުތައް: |
- ބާ ކައުންސިލްގެ ދާއިމީ ސަބްކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން؛ - ބާ އިމްތިހާނާ ގުޅޭ އެންމެހައި އިދާރީ މަސައްކަތް ކުރުން؛ - ބާ ކައުންސިލުގެ އެކިއެކި ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލްގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން؛ - މަސައްކަތާ ގުޅޭ ގޮތުން ބާ ކައުންސިލުން އިންތިޒާމްކުރާ އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތައް ރާވައި ހިންގާ ބެލެހެއްޓުން؛ - އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށް ދޭން ޖެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުން؛ - މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން؛ - މަސައްކަތާ ގުޅޭ ގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލު ތަމްޘީލުކުރުން؛ ބާ ކައުންސިލުގެ އެކިއެކި ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލްގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން؛ އަދި އޮފީހުގެ މަސައްކަތާގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމު: |
ޕްރޮގްރާމް ސެކްރެޓަރީ |
ބޭނުންވާ ޢަދަދު: |
2 (ދޭއް) |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ |
މަޤާމުގެ ގިންތި: |
ދާއިމީ |
އަސާސީ މުސާރަ: |
-/6,300 ރުފިޔާ |
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: -/4،500 ރުފިޔާ - ފޯނު އެލަވަންސް: -/250 ރުފިޔާ -މަސައްކަތާއި ގުޅޭގޮތުންދެވޭ އެހެނިހެން އެލަވެންސް މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
އަސާސީ ޝަރުޠުތައް: |
-ދިވެހި ރައްޔިތެއް ކަމުގައިވުން -އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
މަޤާމުގެ މަސްއޫލިއްޔަތުތައް: |
- ބާ ކައުންސިލްގެ ދާއިމީ ސަބްކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން؛ - ބާ ކައުންސިލުގެ އެކިއެކި ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލްގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން؛ - މަސައްކަތާ ގުޅޭ ގޮތުން ބާ ކައުންސިލުން އިންތިޒާމުކުރާ އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތައް ރާވައި ހިންގާ ބެލެހެއްޓުން؛ - އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުން؛ - މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން؛ - މަސައްކަތާ ގުޅޭ ގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލު ތަމްޘީލުކުރުން؛އަދި އޮފީހުގެ މަސައްކަތާގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ. |
އިތުރު މަޢޫލާމާތު |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ. |