ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ވެބް ޑެވެލޮޕަރ

ވެބް ޑިވެލޮޕަރުން ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ -/12،000 ރުފިޔާ

ފެންވަރު/ޝަރުޠު

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ,
  • ޖީސީއީ އޯލެވެލް ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެނގުން.
  • ރަނގަޅުގޮތުގައި މީހުންނާ މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.  

މީގެ އިތުރުން ތިރީގައިވާ ޢިލްމާއި ޤާބިލުކަން ހުންނަންވާނެއެވެ.

  • PHP, JavaScript އިން ޕްރޮގްރާމް ކުރަން އެނގުން.
  • Linux ބޭނުން ކުރަން އެނގިފައި ޝެލް ސްކްރިޕްޓް ކުރަން އެނގުން.
  • Bootstrap, jQuery ފަދަ ފްރަންޓް އެންޑް ފްރޭމްވަރކް އެނގުން.
  • MySQL ޑޭޓާބޭސް އެޑްމިނިސްޓްރޭޓްކޮށް ބޭނުންކުރަން އެނގުން.
  • HTML5/CSS3 އިން ވެބްޕޭޗްހަދަން އެނގުން.
  • އެޖެކްސް މެތޮޑޮލޮޖީ ބޭނުންކުރަން އެނގުން.

މައިގަނޑު މަސައްކަތްތައް

  • އީ-ގަވަރމަންޓް އެޕްލިކޭޝަންތައް ކުރު މުއްދަތެއްގައި ހަދައި ޑެލިވަރކުރުން.
  • އެން.ސީ.އައި.ޓީގެ ވެބްސައިޓް އަދި އެން.ސީ.އައި.ޓީ އިން ބަލަހައްޓާ އެހެނިހެން ވެބްސައިޓްތައް ފަރުމާކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 04 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 334400 (960)، ފެކްސް ނަންބަރު:  3344004 (960) 

އީމެއިލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

04 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ