ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލީގަލް ރިޓެއިނަރއެއް ހޯދުމާއި ގުޅޭ

ލީގަލް ރިޓެއިނަރއެއް ހޯދުމާއި ގުޅޭ

މި ކޯޕަރޭޝަނަށް ލީގަލް ރިޓެއިނަރޝިޕްގެ ޙިދުމަތް 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން، 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހު، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑަށްރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނުން ހިއްސާކުރާ ލިންކު މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ސުންގަޑި

ބިޑް ރެޖިސްޓްރޭޝަން

https://forms.office.com/r/xXMuD0Qfdy

ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ.

03 ޖަނަވަރީ 2024 / 10:00 ގެ ކުރިން

މައުލޫމާތު ސެޝަން

މައުލޫމާތު ސެޝަން ކުރިއަށް ގެންދެވޭނީ އޮންލައިންކޮށެވެ. އަދި ރެޖިސްޓަރ ކުރާ ފަރާތްތަކާއި ސެޝަން ލިންކް، ހިއްސާކުރެވޭނެއެވެ.

03 ޖަނަވަރީ 2024 / 13:00

ބީލަން ހުށަހެޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަން 6  ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ

10 ޖަނަވަރީ 2024 / 13:00

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • މި ބިޑުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މައުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް ބީލަން ހުށަހެޅޭނެއެވެ.
  • ކޮންމެ ފަރާތެއްވެސް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އަމިއްލަ ގަލަމާއި ނޯޓުކަރުދާސް ގެނައުމަށް އެދެމެވެ.
  • މި ބިޑުގެ މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކުރައްވާ އީމެއިލަށް ފޮނުވޭނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، ކ.މާލެ) ގައެވެ.

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

28 ޑިސެންބަރު 2023
ހޯދާ