ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރީ ކުރުމާއި ގުޅޭ

 ވެންޑަރ ރަޖިސްޓްރީ ކުރުމާއި ގުޅޭ

މި ކޯޕަރޭޝަނުން އެދޭ ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ އެކިކަހަލަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.

 ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއިއެކު ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ތަފްސީލް

ތަން

ސުންގަޑި

ވެންޑަރ ރެޖިސްޓްރޭޝަން

https://forms.gle/CSFoGMAkGLiqu3DaA

ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ.

28 ޖަނަވަރީ 2024 / 13:00 ގެ ކުރިން

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

28 ޑިސެންބަރު 2023
ހޯދާ