ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބެޗެލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ އޮނަަރސް (ދިވެހި ލޭންގްވިޖް އެންޑް ލިޓްރެޗަރ) ކޯހުގެ ޖާގަ އިތުރުކުރުން

އިޢުލާން

ގިނަ ފަރާތްތަކަކުން ކޯސްތަކުގެ ޖާގަ އިތުރުކުރުމަށް އެދިލައްވާފައިވާތީ ތިރީގައި ވާ ކޯހުގެ ޖާގަ އިތުރުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. މި ކޯހަށް ފޯމު ބަލައިގަންނާނީ ކޯހަށް ދެވިފައިވާ ޖާގަ ފުރެންދެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 ފެކަލްޓީ އޮފް އެޑިޔުކޭޝަން

  • ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ އޮނަރސް (ދިވެހި ލޭންގްވިޖް އެންޑް ލިޓްރެޗަރ)

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

އިތުރުކުރެވިފައިވާ ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް

ތަޢާރުފު: މި ކޯހަކީ ސާނަވީ ފެންވަރުގައި ދިވެއްސާއި އަދަބިއްޔާތު ކިޔަވާދޭން ބެޗްލަރ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤުޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑު ލިބިފައިވުން. ނުވަތަ،

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ،

ނ. ޚާއްޞަވާން އެދޭ މާއްދާ ކިޔަވާދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއިކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ،

ރ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

4 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ