ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 ޑިސެންބަރު 2023 09:57 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
އދ އޮމަދޫ ލޭންޑް ޔޫސް ޕްލޭންގައިވާ 33.3 ނަންބަރު ބިން (ހެޗަރީ) 10އަހަރަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ލޭންޑް ޔޫސް ޕްލޭންގައިވާ 33.3 ނަންބަރު ބިން (ހެޗަރީ) 10 އަހަރަށް ކުއްޔަށް ނަގާނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ދަޢުވަތު ހުޅުވާލަމެވެ.
ރަޖިސްޓްރީ ކުރުން
މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 ޑިސެމްބަރ 25 ން ފެށިގެން 2023 ޖަނަވަރީ 2 ވާ އަންގާރަ ދުވަހުގެ
12:00 ގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ފޮނުއްވުމަށް
އެދެމެވެ.
ރަޖިސްޓަރީވުމަށް: https://forms.office.com/r/fC8kzqqqCe
މިބިމާއި ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް 2023 ޑިސެމްބަރ 31 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ މެއިލް މެދުވެރިކޮށް
ހުށައެޅުން އެދެމެވެ.
މެއިލް: [email protected]
ބިން ހޯދުމަށް އެދި ޕްރޮފޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ. ޕްރޮޕޯސަލްތަށް ހުޅުވުން
އޮންނާނީ 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 10:05 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އަދި ރަޖިސްޓްރީ ކުރާ ފަރާތުން ޕްރޮޕޯސަލް ހުށައެޅުމަށް ހާޒިރުވެވެން ނެތްނަމަ އެކަން ލިޔުމަކުން އެންގުން އެދެމެވެ. ހުށައަޅާ ލިޔުމުގައި ބަދަލުގައި
ފޮނުވާ މީހާގެ މަޢުލޫމާތު ހިމެނުމަށްފަހު އެފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށައަޅަންވާނެއެވެ.
މިބިން ކުއްޔައް ދިނުމަށް މިއިދާރާއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ޕްރޮޕޯސަލް ތައްޔާރުކޮށް ހުށައެޅުންއެދެމެވެ. ހުށައަޅާފައިވާ
ޕްރޮޕޯސަލްގައި ފުރިހަމަކުރަންޖެހޭ އެއްވެސް މަޢުލޫމާތެއް ފުރިހަމަ ނުވާނަމަ އެ ޕްރޮޕޯސަލް ބާތިލް ވާނެއެވެ.